ކޯވިޑްގައި އިންޑިއާއިން މަރުވާ އަދަދު މައްޗަށް ދަނީ

ކޯވިޑް-19 ގެ އަދަދުތައް މައްޗަށް ދަމުންދާ އިންޑިއާގައި ބަލީގައި މަރުވާ އަދަދުވެސް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ. އިންޑިއާގެ ޔޫނިއަން ހެލްތް މ...

26 Apr 2023 | 06:20

ކޯވިޑް-19 ގެ އަދަދުތައް މައްޗަށް ދަމުންދާ އިންޑިއާގައި ބަލީގައި މަރުވާ އަދަދުވެސް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާ ކަމަށް ތަފާސް ހިސާބު ތަކުން ދައްކައިފި އެވެ.

އިންޑިއާގެ ޔޫނިއަން ހެލްތް މިނިސްޓްރީން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން 9،629 މީހުންނަށް ކޯވިޑް ޖެހިފައިވާ ކަމަށެވެ. އަދަދުތަކަށް ބަދަލުތައް އައިސް ކޯވިޑް ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތާ މަހެއްހާ ދުވަސް ވެއްޖެ އެވެ.

އެ މިނިސްޓްރީން ބުނީ ކޯވިޑްގެ އަދަދުތަކަށް ބަދަލު އަންނަމުންދާވަރަށް ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން މިދިޔަ24 ގަޑިއިރު ތެރޭގައި29 މީހުން ކޯވިޑް ބަލީގައި މަރުވެފައިވާ ކަމަށެވެ.

އޭގެ ތެރެއިން10 މީހުން މަރުވެފައިވަނީ ކެރެލާ ސްޓޭޓުންނެވެ. ހަ މީހުން ވެރިރަށް ދިއްލީން މަރުވިއިރު، ރާޖިސްތާނާއި މަހާރާޝްޓްރާއިން ތިން މީހުން މަރުވެފައިވެ އެވެ. ހަރިޔާނާ އާއި އުއްތަރްޕްރަދޭޝްއިން ދެ މީހުން މަރުވެފައިވާއިރު އޮޑިޝާ ސްޓޭޓުން މަރުވެފައިވަނީ އެކަކެވެ.

ކޯވިޑްގެ އަދަދުތައް މައްޗަށް ދާތީ ސްޓޭޓް ތަކުގެ ސިއްހީ ނިޒާމު ދަނީ ކުއްލި ހާލަތަށް ގެންނަމުންނެވެ. އަދި ކޮންމެ ދުވަހަކުހެން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދަނީ އެންމެ ނުރައްކާތެރި ހާލަތެއްގައި އަމަލު ކުރާގޮތުގެ ފަރިތަކުރުންތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް