ކެޔޮދޫ މިސްކިތަށް ގެއްލުންދިން މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ވ. ކެޔޮދޫ މިސްކިތަށް ގެއްލުން ދިން މައްސަލައިިގަ ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ. އެމީހާ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ މިސްކިތުގެ ބިއްލޫރި ގަނޑުގައި ގޮނޑިއަކުން ޖަހައި...

26 Apr 2023 | 05:51

ވ. ކެޔޮދޫ މިސްކިތަށް ގެއްލުން ދިން މައްސަލައިިގަ ހައްޔަރު ކުރި މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

އެމީހާ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ މިސްކިތުގެ ބިއްލޫރި ގަނޑުގައި ގޮނޑިއަކުން ޖަހައި ތަޅާލި މައްސަލައިގަ އެވެ. އެމީހާ އެކަން ކުރި ކަމަށް ރިޕޯޓު ކުރީ އެމީހާ އެ ސަރަހައްދުގައި އުޅެނިކޮށް ފެނުނު މީހެވެ.

މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރީ27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމީހާގެ ބަންދުގެ މުއްދަތު ޖަހައިދިނީ ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރު ނެރެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލާފައި މިވަނީ މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމްތަކެއްގެ ގަނޑުތައް އިރާލާފައިވާ ދެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.

މިދިޔަ އޮކްޓޯބަރު މަހު20 ހަތިމެއްގެ ގަނޑުތައް އިރާލި އިރު މިދިޔަ ހޮނިހިރު ދުވަހު10 ހަތިމެއްގެ ގަނޑުތައް އިރާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް