ހައްޖުގެ އަޅުކަމަށް ދާ ފަރާތްތަކުން ލަސްވެގެން ދިހަ ދުވަސް ކުރިން ވެކްސިންތައް ފުރިހަމަކުރަންޖެހޭ

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދާ ފަރާތްތަކުން އެ ގައުމަށް ދިއުމުގެ މަދުވެގެން 10 ދުވަސް ކުރިން ވެކްސިންތައް ފުރިހަމަކުރަންވާނެކަމުގައި އެ ގައުމުގެ ހައްޖު އަދި އުމްރާ މިނ...

26 Apr 2023 | 04:41

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަމަށް ސައޫދީ އަރަބިއްޔާއަށް ދާ ފަރާތްތަކުން އެ ގައުމަށް ދިއުމުގެ މަދުވެގެން 10 ދުވަސް ކުރިން ވެކްސިންތައް ފުރިހަމަކުރަންވާނެކަމުގައި އެ ގައުމުގެ ހައްޖު އަދި އުމްރާ މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން އެ މިނިސްޓްރީން ބުނެފައިވަނި ޖަހަންޖެހޭ ވެކްސިންތަކުގެ ތެރޭގައި ކޮވިޑުގެ ހުރިހާ ޑޯޒެއް ފުރިހަމަ ކުރަން ޖެހޭނެ ކަމެވެ.

ހައްޖުގެ އަޅުކަމަށް ހުއްދަ ދޫކުރަން ފަށާނީ މި ފެށޭ މެއި މަހުގެ ފަސް ވަނަ ދުވަހުގައެވެ.

މި އަހަރު ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ސައޫދީ އަރަބިއްޔާއިން 1000 ހައްޖު ކޯޓާ ދީފައިވެއެވެ. އޭގެ ތެރެއިން 270 ކޯޓާ ތިން ގްރޫޕަކަށް ދީފައިވާއިރު ބާކީ ކޯޓާތަކުގައި ދިވެހިން ހައްޖަށް ގެންދާނީ ހައްޖު ކޯޕަރޭޝަނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް