ދުނިޔޭގެ އެކި ކަނކޮޅުތަކުގައި ހިނގަމުން އަންނަ ހަނގުރާމަތަކުގެ ހައްލަކީ މަލްޓިލޭޓަރަލިޒަމް ކަމަށާއި، އެކަން ކުރަން އޮތް އެންމެ އެކަށީގެންވާ ޕްލެޓްފޯމަކީ އދ ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ޝާހިދު މިހެން ވިދާޅުވީ އިންޑިއާގެ ވެރިރަށް ދިއްލީގައި މިހާރު ކުރިއަށްދާ ރައިޒީނާ ޑައިލޮގްގައި ވީޑިއޯ މެސެޖެއް މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޝާހިދު ވިދާޅުވީ ސައިޒަކަށް ބާރަކަށް ބެލުމެއް ނެތި ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތު ލިބިދޭ ހަމައެކަނި މަޖިލިސް ކަމަށްވާ އދގެ އާއްމު މަޖިލީހުން ކުރަމުން އަންނަނީ މުހިންމު ދައުރެއް ކަމަށެވެ.
މީގެ އިތުރުން ޝާހިދު ވަނީ އދ ގެ އަންދާޒާތައް ދައްކާ ގޮތުން 107 އިގްތިސޯދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި، ތެޔޮ އަގު ބޮޑުވުމާ ކުރިމަތިލާން ޖެހި އެ ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތައް ނުކުޅެދޭ މިންވަރަށް އިގްތިސޯދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތް ކަމަށްވެސް ފާހަގަކުރައްވާފައެވެ.
އދ ގެ އަންދާޒާތައް ދައްކާ ގޮތުން 107 އިގްތިސޯދެއްގައި ތިބި 1.7 ބިލިއަން މީހުންނަށް މި ކުރިމަތިލުންތަކުގެ ސަބަބުން ކާނާއާއި، ތެޔޮ އަގު ބޮޑުވުމާ ކުރިމަތިލާން ޖެހި އެ ގައުމުތަކުގެ ދަރަނި އަދާކުރުމަށް ސަރުކާރުތައް ނުކުޅެދޭ މިންވަރަށް އިގްތިސޯދީ ހާލަތު ދަށްވުމުގެ ބިރު އެބައޮތް ކަމަށްވެސް ޝާހިދު ފާހަގަކުރެއްވި އެވެ.
ޝާހިދު ވިދާޅުވީ ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ބައިނަލްއަގްވާމީ ހަކަތަޔާ، ކޮމޯޑިޓީސް އަދި މާލީ ބާޒާރުތަކަށް އެކަމުގެ އަސަރުކުރަމުންދާ ކަމަށެވެ.
އެގޮތުން، ރަޝިޔާ-ޔޫކްރެއިން ހަމަނުޖެހުންތައް ކުރިއަށްދާއިރު އިންސާނުންގެ ސަލާމަތަށް ހުރި އެހެން ނުރައްކާތަކާއި އެހެން ހަމަނުޖެހުންތަކަށް ހުއްޓުމެއް ނެތްކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ފަލަސްތީން، ސީރިއާ، ޔަމަން، ލީބިއާ، މާލީ، އަފްޣާނިސްތާން، އިތިއޯޕިއާ އަދި މިޔަންމާގައި ހިނގަމުންދާ ހަމަނުޖެހުންތައް ވެސް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް