"ޕްލާސްޓިކް ނޫންގޮތެއް ރިވާރޑްސް" އެޕް އިފްތިތާހްކޮށްފި

މޯބައިލް އެޕްލިކޭޝަނެއްމެދުވެރިކޮށް ފޮތިކޮތަޅު ބޭނުންކުރުމުން ރިވަރޑްސް ނުވަތަ ހަދިޔާލިބޭ ހަރަކާތެއް އިފްތިތާހްކޮށްފިއެވެ. "ޕްލާސްޓިކް ނޫންގޮތެއް ރިވާރޑްސް" ޕްރޮގްރާމަކީ ޕްލާސްޓިކް ނޫންގޮތެއްގެ ދަށުން...

26 Apr 2022 | 10:47

މޯބައިލް އެޕްލިކޭޝަނެއްމެދުވެރިކޮށް ފޮތިކޮތަޅު ބޭނުންކުރުމުން ރިވަރޑްސް ނުވަތަ ހަދިޔާލިބޭ ހަރަކާތެއް އިފްތިތާހްކޮށްފިއެވެ. "ޕްލާސްޓިކް ނޫންގޮތެއް ރިވާރޑްސް" ޕްރޮގްރާމަކީ ޕްލާސްޓިކް ނޫންގޮތެއްގެ ދަށުންހިންގާ ހަރަކާތެކެވެ. މިރަވާރޑްސް ޕްރޮގްރާމުގައި އެހީތެރިވެދެއްވަނީ ދިރާގު އަދި އެސް.ޓީ.އޯ އެވެ.

"ޕްލާސްޓިކްނޫންގޮތެއް " އަކީ މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރެޓިވް ސޮސައިޓީ "މެކްސް"  ގެފަރާތުން ހިންގާ 'ޕައިލެޓިންގް އޯލްޓަނޭޓިވްސް ޓު ސިންގަލް ޔޫޒް ޕްލާސްޓިކް ބޭގްސް އިން މާލެ' ޕޮރޮޖެކްޓްގެ ކެމްޕެއިން ނަމެވެ. މިޕްރޮޖެކްޓް އަކީ ޖީ.އީ.އެފް ސްމޯލް ގްރާންޓްސް ޕްރޮގްރާމް ފަންޑިންގެ ދަށުން ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު ހިންގޭ ޕްރޮޖެކްޓްއެކެވެ.

މިއަދު މިފެށި ހަރާކާތުގެ ދަށުން މެކްސްއިން 500 ފޮތި ކޮތަޅު ހިލޭ ބެހުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތް ޕައިލެޓްކުރެވިގެން ދާނީ ހަމައެކަނި އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސްގައެވެ. 26 އޭޕްރީލް 2022 އިންފެށިގެން 3 ދުވަސްވަންދެން އެސް.ޓީ.އޯ ޕީޕަލްސް ޗޮއިސް އިން އެން.އެފް.ސީ ޗިޕެއް ހަރުކުރެވިފައިވާ ފޮތި ކޮތަޅު މެކްސްގެ ފަރާތުން ބެހުމަށް ހަމަޖެހިފައިވެއެވެ. އޭގެފަހުން މިފޮތިކޮތަޅު ހޯއްދަވަން "މެކްސް" ގެ ސޯށަލް މީޑިއާ ޗެނަލްސް ތަކަށް މެސެޖް ކުރެއްވުމުން 500 ކޮތަޅުހަމަވަންދެން ކޮތަޅު ލިބޭގޮތަށް ހަމަޖެހިފައިވެއެވެ.  މި ރިވޯޑް ޕްރޮގްރާމް ޕައިލެޓްކުރެވިގެންދާނީ 2 މަސްދުވަހުގެ މުއްދަތަކަށެވެ. މި މުއްދަތުގެ ތެރޭގައި "ޕްލާސްޓިކް ނޫންގޮތެއް" މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް، މިފޮތިކޮތަޅުތައް ބޭނުންކުރެވޭ މިންވަރުބަލައި ދިރާސާކުރެވޭނެއެވެ.

މި ކޮތަޅު ބޭނުންކޮށްގެން އެސް.ޓީ. އޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރިކުރުމުން "ޕްލާސްޓިކް ނޫން ގޮތެއް" މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ފޯނަށް ޕޮއިންޓް ލިބޭނެއެވެ. އަދި ވަކި ވަރަކަށް ވިޔަފާރި ކުރުމުން ލިބޭ ޕޮއިންޓުތައް ބަދަލުވެގެންދާނީ ރިވޯޑްސް ނުވަތަ ހަދިޔާއަށެވެ. ރިވޯޑްސް ދެއްވުމުގައި މި ޕައިލެޓުގައި ބައިވެރިވެވަޑައިގަންނަވަނީ ދިރާގު އަދި އެސް.ޓީ.އޯ އިންނެވެ.

https://twitter.com/stoplc/status/1518829821198946306

"ޕްލާސްޓިކް ނޫންގޮތެއް ރިވަރޑްސް" މި މޯބައިލް އެޕްލިކޭޝަން، އެޕްސްޓޯރ (އައި. ފޯން) އަދި ގޫގްލް ޕްލޭ (އެންޑްރޮއިޑް) ފޯނަށް ޑައުންލޯރޑް ކުރެވެން ހުންނާނެއެވް. އަދި މިކޮތަޅުތައް ބޭނުން ކުރައްވާ ބޭފުޅުން، މި އެޕް ޑައުންލޯރޑްކުރައްވައި، ކޮތަޅުގައި ހަރުކުރެވިފައިވާ "ޗިޕް" ފޯނުގައި ޓެޕްކުރައްވައި ނުވަތަ ޕޯނުގައި ޖައްސަވާލެއްވުމުން ރެޖިސްޓްރީ ކުރެވޭނެއެވެ.  އެޕް ބޭނުންކުރައްވާނެ ގޮތް އަދި ޕޮއިންޓް ސިސްޓަމާއި ބެހޭ މައުލޫމާތު ހޯއްދެވުމަށް 'ޕްލާސްޓިކް ނޫން ގޮތެއް" އެޕް ފޯނަށް އަޅުއްވައި FAQ ނުވަތަ  އެޕް ގައި އިންނަ  "CONTACTS" މެދުވެރިކޮށް މައުލޫމާތު ސާފުކުރެއްވޭނެއެވެ.

https://twitter.com/Dhiraagu/status/1518868533916037120

މެކްސް ގެ އެންމެ ބޮޑު އަމާޒަކީ އެއްފަހަރު ބޭނުންކޮށްފަ އުކާލެވޭ ޕްލާސްޓިކް ކޮތަޅު މަދުކޮށް އަޅުގަނޑުމެންގެ ތިމާވެށްޓަކީ ސާފުތަނަކަށް ހަދައި ކަނޑުތަކަށް އެޅޭޕްލާސްޓިކް މަދުކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް