އޭޝިއާގެ މިއަހަރުގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް ޑރ. ފަރަހަނާޒް

"ޑިޕްލޮމެޓް މެގަޒިން" އިން ހޮވާ އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް، ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލް ހޮވިއްޖެ އެވެ. މި އެވޯޑް ޑރ. ފަރަހަނާޒަށް ...

26 Apr 2022 | 09:20

"ޑިޕްލޮމެޓް މެގަޒިން" އިން ހޮވާ އޭޝިއާގެ އެންމެ މޮޅު ޑިޕްލޮމެޓަކަށް، ރާއްޖެއިން އިނގިރޭސި ވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒް ފައިސަލް ހޮވިއްޖެ އެވެ.

މި އެވޯޑް ޑރ. ފަރަހަނާޒަށް ލިބިވަޑައިގަތީ އޭޝިއާ އާއި އޯޝޭނިއާގެ ގައުމުތަކުގެ ޑިޕްލޮމެޓިކުންނާ ވާދަކުރައްވަ އެވެ.

މީގެ ކުރިން ވެސް އިނގިރޭސިވިލާތުގެ ސަފީރުކަން ކުރެއްވި ޑރ. ފަރަހަނާޒު ގެންދަވަނީ އަޔަލަންޑް އަދި ސްޕެއިން އަށް ރާއްޖެ އިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަން ވެސް ކުރައްވަމުނެވެ.

ޑރ. ފަރަހަނާޒު ހޯއްދެވި މި ކާމިޔާބީއާށް މަރުހަބާ ވިދާޅުވަމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކޮށް ކުރިއެރުވުމަށް ފަރަހަނާޒް ކުރައްވާފައި ވަނީ ފުރިހަމަ މަސައްކަތެއް ކަމަށާއި އެ ކާމިޔާބީއަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

 ޑިޕްލޮމެޓް އެވޯޑަކީ އެކި ޤައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި ރަނގަޅު ގުޅުން ތައް ބަހައްޓާ  އެންމެ ރަނގަޅު ފަރާތައް ދެވޭ އިނާމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް