ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތްތައް ނިންމާލުމަށްފަހު މަޖިލިސް ޗުއްޓީއަށް ގޮސްފިއެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ނިމިފައިވާ އިރު ފުރަތަމަ ދައުރުގައި މަޖިލީހަށް 28 ބިލު ހުށަހަޅާ، ނިމިފައިވަނީ އަށް ބިލުގެ މަސައްކަތެވެ.
ނިމުނު ދައުރުގައި ޖުމުލަ 35 ޖަލްސާއެއް ބާއްވާފައިވާއިރު 10 ޤަރާރެއް ހުށަހަޅާ 2 ޤަރާރެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. ސަރުކާރުގެ ފަރާތުން 8 ހުށަހެޅުމެއް ހުށަހަޅާފައިވާއިރު 7 ހުށަހެޅުމެއްގެ މަސައްކަތް ނިންމާފައިވެއެވެ. އަދި ރިޔާސަތުން 8 ހުށަހެޅުން ހުށަހަޅާފައިވާއިރު 5 މަސައްކަތެއް ވަނީ ނިންމާފައެވެ. ވަޒީރުންނަށް ކުރުމަށް 49 ސުވާލެއް ހުށަހެޅިއިރު ވަޒީރުންނާ 26 ސުވާލެއް ކޮށްފައިވެއެވެ.
މިއީ މި އަހަރުގެ ފުރަތަމަ ދައުރުގެ މަޖިލީހުގެ މަސައްކަތް ތަކުގެ ތެރެއިން 49.6 އިންސައްތަ މަސައްކަތެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިޔަށް ގެންދާނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށެވެ. އެ އަށް ފަހު އެއް މަސް ދުވަހުގެ ޗުއްޓީއެއް މެމްބަރުންނަށް ލިބޭނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް