އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތް ރާއްޖޭގައި

އޭޝިއާގެ 54 ވަނަ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް، ރާއްޖޭގައި ބޭވުމަށް ނިންމައިފިއެވެ. މި މުބާރާތް އޮންނީ އަންނަ ޖުލައި މަހުގެ 15 އިން 21 އަށް ލޯކަލް ޓޫރިޒަމްގެ ހަބް، މާފުށީގައެވެ. ބޮ...

26 Apr 2022 | 07:26

އޭޝިއާގެ 54 ވަނަ ބޮޑީ ބިލްޑިން އަދި ފިޒިކް ސްޕޯޓްސް ޗެމްޕިއަންޝިޕް، ރާއްޖޭގައި ބޭވުމަށް ނިންމައިފިއެވެ.

މި މުބާރާތް އޮންނީ އަންނަ ޖުލައި މަހުގެ 15 އިން 21 އަށް ލޯކަލް ޓޫރިޒަމްގެ ހަބް، މާފުށީގައެވެ.

ބޮޑީބިލްޑިން އެސޯސިއޭޝަނުން ބުނީ މު މުބާރާތުގައި އެޝިއާ ހިމެނޭ ސަރަހައްދު ތަކުން 30 ގައުމަކުން ބޮޑީ ބިލްޑިން އެތުލީޓުންނާއި އޮފިޝަލުންނާއެކު މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ އަދަދު 500 އަށް އަރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި އެ އެސޯސޮއޭޝަނުން ބުނީ މި މުބާރާތް ވެގެން ދާނީ ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އިންޓަނޭޝަނަލް އެންމެ ބޮޑު މުބާރާތް ކަމަށެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަންގެ ރައީސް، އިބްރާހިމް ހަމީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭ އަހަރަށް ވެފައި މާފުށީގައި މުބާރާތް ބޭއްވުމުން ރާއްޖޭގެ ޓޫރިޒަމް ވެސް އިތުރަށް ޕްރޯމޯޓް ވާނެ ކަމަށެވެ.

މި މުބާރާތް ކުރިޔަށްދާނީ ރާއްޖޭގެ ގުދުރަތީ ކަމަށް ބޮޑަށް އަލި އަޅުވާލައިގެން ކަމަށް ހަމީދު ވިދާޅުވިއެވެ. އެގޮތުން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާފުށީ ބީޗް ސަރަހައްދުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް