މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ ތިޖޫރި ފަޅާލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެމްސީން މިއަދު ބުނެފައިވަނީ އެ ކައުންސިލުގެ ތިޖޫރި ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެކަން...

26 Apr 2022 | 06:48

މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ)ގެ ތިޖޫރި ފަޅާލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން އެމްއެމްސީން މިއަދު ބުނެފައިވަނީ އެ ކައުންސިލުގެ ތިޖޫރި ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި އެކަން އެނގުނީ ހެނދުނު 08:43ގައި މުވައްޒަފުން އޮފީހަށް ނިކުތުމުން ކަމަށެވެ.

ފަޅާލިއިރު ތިޖޫރީގައި ހުންނާނީ 3612 ރުފިޔާ ކަމަށާއި އެއީ ޕެޓީ ކޭޝްގެ ގޮތުގައި ގެންގުޅޭ ފައިސާކަމަށް އެމްއެމްސީން ބުނެފައިވެއެވެ.

އެމްއެމްސީން އިތުރަށް ބުނެފައިވަނީ އެ މައްސަލަ މިހާރު ޕޮލިހަށް ހުށަހަޅާފައިވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް