ރާއްޖޭގައި އުޅޭ ވެލާކަހަނބުގެ ފޮޓޯ މުބާރާތެއް، އެއް ވަނަ އަށް 10،000ރ

ރާއްޖޭގައި އުޅޭ ވެލަ އާއި ކަހަނބުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެންވަޔަރަމަންޓް މިނިސްޓްރީން އިންތިޒާމްކޮށްގެން ޖޫން މަހ...

26 Apr 2022 | 06:36

ރާއްޖޭގައި އުޅޭ ވެލަ އާއި ކަހަނބުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ބާއްވަން ނިންމައި އެ މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ އެންވަޔަރަމަންޓް މިނިސްޓްރީން އިންތިޒާމްކޮށްގެން ޖޫން މަހުގެ 16 ގައި ފާހަގަކުރާ "ވޯލްޑް ސީ ޓާޓަލް ޑޭ" ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި މުބާރާތުގެ މަޤުސަދަކީ ރާއްޖޭގެ މާހައުލީ ނިޒާމުން ފެންނަ އެކި ވައްތަރުގެ ވެލާ ކަހަނބާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމެވެ. އަދި ވެލާކަހަނބު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި އަދި ދިމާވާ ނުރައްކާތަކާއި އެ ތަކެތި ދެމިތިބުމަށް ދިމާވާ ގޮންޖެހުންތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ފޮޓޯގެ ޒަރީއާ އިން ވެލާކަހަނބުގެ ހާލަތު ބަޔާންކޮށް ދިނުމުގެ ފުރުސަތު ހުޅުވާލުން ކަމަށް އެންވަޔަަރަމަންޓް މިނިސްޓްރީން ހާމަކުރެއެވެ.

މި މުބާރާތުގެ އެއް ވަނަ ފޮޓޯ އަށް 10،000ރ. ކަނޑައަޅާފައި ވާއިރު  ދެވަނަ އަށް 6،000ރ. އަދި ތިން ވަނަ އަށް 3،000ރ. ހުށަހަޅާފައިވެއެވެ.

އެ މިނިސްޓްރީން ބުނީ މުބާރާތަށް ހުށަހަޅާ ފޮޓޯތައް ހުންނަން ވާނީ މައިގަނޑު ތިން ދާއިރާއެއް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ.

އެގޮތުން ވެލާކަހަނބު އެ ތަކެތީގެ މާހައުލުގައި އުޅޭ މަންޒަރާއި ވެލާކަހަނބަށް ދިމާވާ ނުރައްކާތައް ފެންނަ ގޮތުގެ އިތުރުން ރާއްޖޭން ފެންނަ އެކި ބާވަތްތަކުގެ ވެލާކަހަނބު ފެންނަ ގޮތަށް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ފޮޓޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 26 އެވެ.

މުބާރާތެހޭ އިތުރު މައުލޫމާތާއި ފޯމު މިނިސްޓްރީގެ ވެބްސައިޓް [email protected] އިން ޑައުންލޯޑްކުރެވޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް