ކަނޑު އަޑީގައި ނޭވާ ހިފަހައްޓާ އިވެންޓުގައި ބައިވެރިވާން ހުޅުވާލަނީ

އެންމެ ގިނަ ބަޔަކު ކަނޑު އަޑީގައި ނޭވާ ހިފަހައްޓާ ދުނިޔޭގެ ރެކޯޑެއް މުގުރަލުމަށް ބާއްވާ ''ނޭވޭ-2'' ގެ ހަރަކާތުގައި ބައިވެރިވުމަށް އަންނަ ޖޫން މަހު ހުޅުވާން ނިނަމައިފިއެވެ. މި އިންވެންޓަކީ އެންމެ ގިނަ ...

26 Apr 2022 | 06:21

އެންމެ ގިނަ ބަޔަކު ކަނޑު އަޑީގައި ނޭވާ ހިފަހައްޓާ ދުނިޔޭގެ ރެކޯޑެއް މުގުރަލުމަށް ބާއްވާ ''ނޭވޭ-2'' ގެ ހަރަކާތުގައި ބައިވެރިވުމަށް އަންނަ ޖޫން މަހު ހުޅުވާން ނިނަމައިފިއެވެ.

މި އިންވެންޓަކީ އެންމެ ގިނަ ބަޔަކު އެއްފަހަރާ ފްރީ ޑައިވްކޮށްގެން ނޭވާ ހިފަހައްޓާލައިގެން ހަދާ ރެކޯޑެކެވެ.

މި ރެކޯޑް މިހާރުވެސް މުގުރާލާފައިވަނީ ރާއްޖެއިންނެވެ. އެއީ 2019 ވަނަ އަހަރު 521 މީހުނާއެކުއެވެ.

މިހަރަކާތް އިންތިޒާމުކުރާ ފްރީ ޑައިވް މޯލްޑިވްސް އިން ބުނީ އަމާޒަކީ ރާއްޖެއިން 2019 ގައި ހެދި ރެކޯޑް މުގުރާލާ، އެ ރެކޯޑު އާ ކުރުން ކަމަށެވެ.

https://twitter.com/FreediveMV/status/1516135710549737474?cxt=HHwWhIDQqavZsooqAAAA

ރެކޯޑު އާ ކުރުމުގެ މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަހަރުގެ އޮކްޓޫބަރު މަހު އެވެ.

"ނޭވާ-2" ގެ މައި ސްޕޮންސަރަކީ އެމްޑަބްލިއުއެސްސީ އެވެ. މި އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް