އަހަރު ތަކަކަށްފަހު މިއަހަރުގެ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި

އަހަރުތަކެއްގެ މެދު ކެނޑުމަކަށް ފަހު މިއަހަރުގެ ފިޠުރު ޢީދުނަމާދު ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ. މާލެ އަށް ކޯވިޑް ފެތުރި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ހުއްޓާލީ މީގެ ދެ އަހަރު...

26 Apr 2022 | 05:47

އަހަރުތަކެއްގެ މެދު ކެނޑުމަކަށް ފަހު މިއަހަރުގެ ފިޠުރު ޢީދުނަމާދު ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މާލެ އަށް ކޯވިޑް ފެތުރި ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުން ހުއްޓާލީ މީގެ ދެ އަހަރު ކުރިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމްގަކަމަށެވެ. އަދި ހުޅުމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ހުޅުމާލެ ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ ވިލިމާލޭ ފުޓްބޯޅަ ދަނޑުގައެވެ.

ޢީދު ނަމާދަށް ދާއިރު ކޮންމެ ބޭފުޅަކުވެސް ގެއިން ވުޟޫކޮށްގެން ދިއުމަށާއި އަމިއްލަ މުސައްލައެއް ގެންދިއުމަށާއި އަމިއްލަ ފެންފުޅިއެއް ގެންދިއުމަށް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ. މީގެ އިތުރުން ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެނައުމަށްވެސް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުމަށް ނިންމިނަމަވެސް މޫސުން ތަންނުދޭނަމަ ޢީދު ނަމާދު ކުރުން އޮންނާނީ މިސްކިތްތަކުގައިކަމަށެވެ.

މިއަހަރުގެ ފިތުރު ޢީދު ދުވަސް ކަމަށް ބެލެވެނީ މެއި މަހުގެ ދެ ވަނަ ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް