އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް 26 ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
އެ ހޮސްޕިޓަލުން ކޮށްފައިވަ އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލަށް ދާއިމީ ރެޖިސްޓަޑް ނަރުހުންނާއި ސީނިއާ ރެޖިސްޓަރޑް ނަރުހުންނާއި ކްލިނިކަލް ނަރުހުން ހިމެނޭހެން 26 ނަރުހުން ބޭނުންވާ ކަމަށެވެ.
މުސާރައިގެ ގޮތުން 9،060- 10،940ރ. ގެ އިތުރުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ ލިބޭނެ ކަމަށެ އިއުލާނުގައި ވެއެވެ.
އެ ހޮސޕިޓަލުން ބުނީ ވަޒީފާ އަށް މީހުން ހޮވުމުގައި ބަލާނީ ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން އަދި ގާބިލްކަން ކަށަވަރުކުރުމަށް ކުރާ އިންޓަވިއަކަށް ފަހުގައި ކަމަށެވެ.
އެ މަގާމުތަކަށް ޝައުގުވެރިވާ މީހުންނަށް އެޕްލައިކުރުމުގެ ފުރުސަތު އަންނަ މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަންނާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް