ދިއްގަރު ދާއިރާގެ އެމްޑީޕީ ޓިކެޓަށް ސަރުތު ހަމަވީ ދެބޭފުޅުން: އެމްޑީޕީ

ރައްޔިތުންގެމަޖިލިސް މ ދިއްގަރު ދާރިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރާ ދެ ފަރާތަކުން ކުރިމަތިލާފައިވާކަމަށް އެ ޕާޓ...

26 Apr 2015 | 13:07

ރައްޔިތުންގެމަޖިލިސް މ ދިއްގަރު ދާރިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓް ގައި ވާދަކުރާ ދެ ފަރާތަކުން ކުރިމަތިލާފައިވާކަމަށް އެ ޕާޓީން ބުނެފި އެވެ.

އެ ޕާޓީގެ އޮފީހުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރައްޔިތުންގެމަޖިލިސް މ ދިއްގަރު ދާއިރާއިން ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން ގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަވާ ކެންޑިޑޭޓުންނާއި އެކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރު އާއްމުކޮށް އަންގައި އިއުލާންކުރާ ކަމަށެވެ.

އެ އިއުލާނުގައި ވާގޮތުން ދިއްގަރު ދާއިރާގެ ޓިކެޓަށް ކުރިމަތިލެއްވި ދެ ބޭފުޅުންނަކީ މ.މަޑުއްވަރީ، ކާނިގެ އަހުމަދު ރާޟީ އާއި މާފަންނު ތްރީއޭވިލާ އިބްރާހިމް ޖިހާދެވެ.

އެމްޑީޕީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ އަހުމަދު ރާޟީގެ ކެނޑިޑޭޓް ނަމްބަރަކީ އެކެއް ކަމަށާއި އިބްރާހިމް ޖިހާދުގެ ކެނޑިޑޭޓް ނަމްބަރަކީ ދޭއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް