ލޯފަން މީހުންނަށް ހާއްސަ ހަތިމެއް ރާއްޖެ ގެނެސްފި

ލޯފަން މީހުންނަށް ހާއްސަކޮށް ހަދާފައިވާ ހަތިމެއް ރާއްޖެ ގެނެސްފި އެވެ. އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޯފަން މީހުން ކިޔަވަން ހާއް...

26 Apr 2015 | 10:13

ލޯފަން މީހުންނަށް ހާއްސަކޮށް ހަދާފައިވާ ހަތިމެއް ރާއްޖެ ގެނެސްފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޯފަން މީހުން ކިޔަވަން ހާއްސަކޮށްގެން ހަތިމެއް ރާއްޖެ ގެނެސްފައިވަނީ އުރުދުން އިން ކަމަށެވެ. އަދި މިއީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ކާމިޔާބުވި ކަމެއްކަމަށް މިނިސްޓަރު ވިފާޅުވި އެވެ.

"އެ މަސައްކަތް ކާމިޔާބުވޭތޯ މަސައްކަތްކުރައްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ. ލޯފަން ކުދިންނަށް ހާއްސަ ހަތިމް ގެނެސްފައިވަނީ އުރުދުންއިން،" މިނިސްޓަރު ވިދާޅުވިއެވެ.

https://twitter.com/Mohamedshaheem1/status/592205854989922304

އިސްލާމިކް މިނިސްޓްރީން ބުނީ އެ ހަތިމު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ލޯފަން މީހުންނަށް ބަހާނެ ކަމަށެވެ. އެ މަސައްކަތް ކުރާނީ ލޯފަން ކުދިންނަށް ހާއްސަކޮށް ހިންގަމުންދާ ޖަމިއްޔާތައް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ ލޯފަންމީހުންނަށް ހާއްސަކޮށްފައިވާ ހަތިމް ރާއްޖެގެސް އެފަދަ ކުދިންނަށް ބަހާ ފުރަތަމަ ފަހަރުކަމަށް ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް