ނޭޕާލަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އައިސް، އިތުރު ލޮޅުންތައް އަރަނީ

އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 2،000 ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައި ވަނިކޮށް ނޭޕާލަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ، ނޭޕާލުގެ ވެރިރ...

26 Apr 2015 | 10:12

އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި 2،000 ގާތް ކުރާ އަދަދަކަށް މީހުން މަރުވެފައި ވަނިކޮށް ނޭޕާލަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނީ، ނޭޕާލުގެ ވެރިރަށް ކަތުމަންޑޫއަށް މިއަދު ހެދުނު ނޭޕާލު ގަޑިން 7.09 ގައި ރިކްޓަ މިންގަނޑުން 6.7 ގެ ބާރުމިނުގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. މި ހެލުމުގެ އިތުރުން ކަމާ ބެހޭ ފަރާތްތަކުން ވަނީ އަދިވެސް އިތުރު ލޮޅުންތަށް އަރާނެ ކަމަށް ލަފާކޮށްފައެވެ.

މިއަދު ހެނދުނު ބިންހެލުން އައުމުން ކަތުމަންޑޫގެ ގިނަ ބަޔަކު ގެދޮރުދޫކޮށް ގޮސް އެ ސިޓީގެ ބައިނަލް އަގުވާމީ އެއާޕޯޓްވެސް ބަންދު ކުރި އެވެ. އެ ބިންހެލުމުގެ އަސަރު، ބިންހެލުން އައި ސަރަހައްދާ 1000 ކިލޯމީޓަރު ދުރުގައިވާ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ވެސް ކުރިއެވެ. އެގޮތުން ނިއުދިއްލީގެ މެޓްރޯ ރޭލުގެ ނިޒާމު ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ރިކްޓާ މިންގަނޑުން 7.9 ގެ ބާރުމިނުގައި ނޭޕާލަށް އިއްޔެ އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު 1900 އަށް ވުރެ މަތިވެފައި ވާއިރު އެއަދަދު އަދިވެސް އިތުރުވާނެ ކަމަށް ވަނީ ބެލެވިފައެވެ. ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތައް ވަނީ ބިމާ ހަމަވެފައެވެ.

އިއްޔެގެ ބިންހެލުމާ ގުޅިގެން ނޭޕާލް ސަރުކާރުން ކުއްލި ހާލަތު އިއުލާން ކޮށްފައިވާއިރު، ފުނޑުފުނޑުވެފައިވާ އިމާރާތްތަކުގެ ގާފުނިތައް އަތުން ކޮނެގެން، ދިރިތިބި މީހުން ފެނޭތޯ މީހުން ސަލާމަތްކުރާ ފަރާތްތަކުންނާއި، ސިފައިންނާއި، ފުލުހުންނާއި، އާންމުން ގުޅިގެން މެދުނުކެނޑި ގެންދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް