ޝިފާންގެ މަރުގެ މައްސަލައިގައި ހައި ކޯޓުގައި ބޭއްވި އަޑު އެހުންތައް ނިންމާލައިފި

މީގެ ތިން އަހަރު ކުރިން ވެސްޓް ޕާކް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މ. ފެއަރީކޯނާ އަލީ ޝިފާން (ތޮޅިޕެލޭ) މަރައިލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ. ޝިފާ...

26 Apr 2015 | 09:49

މީގެ ތިން އަހަރު ކުރިން ވެސްޓް ޕާކް ކައިރީގައި ތޫނު އެއްޗަކުން ހަމަލާދީ މ. ފެއަރީކޯނާ އަލީ ޝިފާން (ތޮޅިޕެލޭ) މަރައިލި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ހައިކޯޓުން މިއަދު ނިންމާލައިފި އެވެ.

ޝިފާން މަރައިލި މައްސަލައިގައި ދައުލަތުން ދައުވާ އުފުލީ ދަފްތަރު 2193 މުހައްމަދު ޝައިފަން އާއި މ. ދިންމަނަ އަބްދުﷲ ތިލްމީޒުގެ އިތުރުން މ. ސިލްވަނެޓް މުހައްމަދު މިޝާން އަބްދުލް ހާދީގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ވެސް ނިންމައިލި އެވެ.

ނަމަވެސް ފަސް ފަނޑިޔާރުން ބައްލަވާ އެ މައްސަލައިގެ އަޑުއެހުންތައް ނިންމާފައި ވަނިކޮށް، އޭގެ ތެރެއިން އެއް ފަނޑިޔާރަކު ބަދަލުވުމާ ގުޅިގެން މިއަދު ވަނީ އިތުރު އަޑުއެހުމެއް ބާއްވައިފަ އެވެ. އަދި މައްސަލާގައި އިތުރު ވާހަކައެއް ދައްކަން އޮތް ނަމަ އެ ފުރުސަތު ދެ ފަރާތައް ވެސް ވަނީ ދީފަ އެވެ.

ނަމަވެސް މައްސަލަ ރައްދުވާ ތިން މީހުންގެ ފަރާތުންނާއި ދައުލަތުގެ ވަކީލުން ބުނެފައި ވަނީ މީގެ ކުރިން ޝަރީއަތުގައި ދައްކަވާފައިވާ ވާހަކަތަކަށް ރިއާޔަތް ކޮށްދިނުމަށް އެދޭ ކަމަށެވެ.

ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައި ވަނީ ހައި ކޯޓުގެ ފަނޑިޔާރު ޔޫސުފް ހުސެއިން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ މާޗް 20، 2013ގަ އެވެެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް