ސިއްހީ ދާއިރާގެ މުވައްޒަފުންތަކެއް ނޭޕާލަށް 10،000 ޑޮލަރު ހަދިޔާ ކުރަނީ

ނޭޕާލަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެހީތެރިވެދިނުމުގެ ގޮތުން އެ ގައުމަށް 10،000 ޑޮލަރު (154،200ރ.) ދޭން އައިޖީއެމްއެޗް ގްރޫޕުން ނިންމައިިފި އެވެ. ނޭޕ...

26 Apr 2015 | 09:47

ނޭޕާލަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި އެ ގައުމަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެހީތެރިވެދިނުމުގެ ގޮތުން އެ ގައުމަށް 10،000 ޑޮލަރު (154،200ރ.) ދޭން އައިޖީއެމްއެޗް ގްރޫޕުން ނިންމައިިފި އެވެ.

ނޭޕާލަށް އެހީ ދޭން ނިންމީ، އައިޖީއެމްއެޗް ގްރޫޕުގެ ދަށުން ހިންގާ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުގެ ބޯޑު މެމްބަރުންނާއި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިދާރީ މުވައްޒަފުންނެވެ.

އައިޖީއެމްއެޗުން މިއަދު ބުނި ގޮތުގައި މި އެހީ ދޭން ނިންމީ ނޭޕާލަކީ ސިއްހީ ހިދުމަތުގެ ދާއިރާ އިން އެ ހޮސްޕިޓަލާ ގާތް ގުޅުމެއް އޮންނަ ގައުމެއްކަމުން އެ ގައުމަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުގައި ބައިވެރިވުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މުވައްޒަފުން ދެކޭތީ ކަމަށެވެ.

ނޭޕާލަކީ އައިޖީއެމްއެޗްގެ ވަަަރަށް ގިނަ ޑޮކްޓަރުންނާއި ނަރުހުން ކިޔަވަމުން އަންނަ ގައުމެކެެވެ. ނޭޕާލުގެ މެޑިކަލް އަދި ހެލްތު އިންސްޓިޓިއުޓްތަކުގައި ދިވެހިންނާއި ސިއްހީ ހިދުމަތްތެރިން މިހާރު ވެސް ކިޔަވަމުން އަންނަކަން އައިޖީއެމްއެޗުން ބުނެ އެވެ.

ނޭޕާލަށް ރިކްޓަ މިންގަޑުން 7.8 ގެ ބާރު މިނުގައި އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 އާއި ގާތް ކުރާ ކަމަށް އެ ގައުމުގެ ރަސްމީ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް