ނޭޕާލަށް ހިލޭ ގުޅޭގޮތަށް އުރީދޫއިން ހަމަޖައްސައިފި

ނޭޕާލަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެގައުމަށް ހިލޭ ގުޅޭނެ ގޮތް އުރީދޫއިން ހަމަޖައްސައިފި އެވެ. އުރީދޫއިން ބުނީ ނޭޕާލަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމަށް ދިމާވެފައ...

26 Apr 2015 | 09:12

ނޭޕާލަށް އިއްޔެ އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެގައުމަށް ހިލޭ ގުޅޭނެ ގޮތް އުރީދޫއިން ހަމަޖައްސައިފި އެވެ.

އުރީދޫއިން ބުނީ ނޭޕާލަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމަށް ދިމާވެފައިވާ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން އުރީދޫ ކަސްޓަމަރުންގެ އާއިލާއާއި ރަށްޓެހިންނަށް ގުޅުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން މިއަދު މެންދުރު 12:00 އިން ފެށިގެން އަންގާރަ ދުވަހުގެ މެންދުރު 12:00 އަށް އެ ގައުމަށް ހިލޭ ގުޅޭނެ ކަމަށެވެ.

އުރީދޫއަކީ ޖީއެސްއެމްއޭގެ ހިއުމަނިޓޭރިއަން ޗާޓަރުގައި ހިމެނޭ ކުންފުންޏެކެވެ. އެ ޗާޓަރު މެދުވެރިކޮށް މޯބައިލް އޮޕަރޭޓަރުން އިންސާނިއްޔަތަށް މަސައްކަތްކުރުމުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް އަމަލުކުރަން އެއްބަސްވެ އެކުގައި އަމަލުކުރާނެ ކަމަށް އުރީދޫއިން ބުނެ އެވެ.

ނޭޕާލަށް އިއްޔެ އައި، 7.8 މެގުނިޓިއުޑުގެ ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2،000 ގާތް ކުރެ އެވެ. އަދި މިހާދިސާގައި ޒަހަމްވި މީހުންގެ އަދަދު 4،718 އަށް އަރާކަމަށް ނޭޕާލުގެ ކަމާ ބެހޭ އިދާރާތަކުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް