ސެޓްލްމެންޓް އެއްބަސްވުމެއްގެ ދަށުން ގަޒީރާ ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޫކޮށްފައި އޮތް ގދ. ގަޒީރާގެ އެއްބަސްވުން ބާތިލްކޮށްފައިވާ މައްސަލާގައި ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވިލާ ގުރޫޕަށް ދިން ގާޒީރާގެ މައްސަލާގައި އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ވަގުތީ އަމުރު ނެރެދިނުމަށް ގަޒީރާއިން މިއަދު ވަނީ ހައި ކޯޓުގައި އެދިފަ އެވެ.
މިއަދު ހެނދުނު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ވިލާ ގުރޫޕްގެ ގާނޫނީ ވަކީލުންގެ ޓީމުގަން ބުނީ ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި، ހައިކޯޓުން ނިންމާފައިވާ ގަޒިއްޔާތަކާއި ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އޭގެ އިތުރުން، ވަގުތީ އަމުރެއް ނުނެރެފި ނަމަ، މައްސަލަ ރައްދުވާ ފަރާތަށް ލިބޭނެ ގެއްލުމަށް ރިއާޔަތް ކުރަންވާނެ ކަމަށް، އެ މައްސަލާގައި ސިވިލް ކޯޓުން ކަނޑައަޅާފައިވާއިރު އެއީ ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބަލާފައިވާ ނުކުތާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ޝަރީއަތަށް ކަނޑައަޅާފައިވާ ވަގުތު ހަމަވި އިރު ދައުލަތަށް ޖަވާބުދާރީވުމުގެ ފުރުސަތެއް ލިބިފައެއް ނުވެ އެވެ.
މިއަދުގެ ޝަރީއަތް ނިންމާލަމުން ފަނޑިޔާރު ވިދާޅުވީ ދެން އޮންނަ ޝަރީއަތެއްގައި ދައުލަަތށް ޖަވާބުދާރީ ވުމަށް ފުރުސަތުދިނުމަށް ފަހު އަޑުއެހުންތައް ނިންމާލާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް