ފެނަކައިގެ ނަމާއި ލޯގޯ ނަކަލުކޮށްގެން ސައްހަ ނޫން ލިޔުމެއް ދައުރުކުރާ މައްސަލަ ފެންމަތިވެެއްޖެ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ފެނަކައިގެ ނަމާއި ލޯގޯ ނަކަލުކޮށްގެން ސައްހަ ނޫން ލިޔުމެއް ދައުރުކުރާ މައްސަލައެއް ފެންމަތިވެެއްޖެއެވެ. މިކަންހާމަކޮށް ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ  އައްޑޫސިޓީ ...

26 Mar 2025 | 17:47

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް، ފެނަކައިގެ ނަމާއި ލޯގޯ ނަކަލުކޮށްގެން ސައްހަ ނޫން ލިޔުމެއް ދައުރުކުރާ މައްސަލައެއް ފެންމަތިވެެއްޖެއެވެ.

މިކަންހާމަކޮށް ފެނަކައިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ  އައްޑޫސިޓީ ހިތަދޫއާއި ގުޅިފައިވާ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ގަވައިދުން ރައްޔިތުންނާއި ހިއްސާކޮށް، ކަމާއިގުޅޭ އެންމެ ފުރިހަމަ މައުލޫމާތު އާންމުކުރަމުންދާ މި ދަނޑިވަޅުގައި، ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވާލައި ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުދައްދައި، އެ ކުުންފުންޏާމެދު ރައްޔިތުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ކުންފުނީގެ ނަމާއި ލޯގޯ އަދި ލެޓާހެޑް ނަކަލުކޮށް (ކުންފުނިން އާންމުކުރާ ސާކިއުލާގެ ފޯމެއްޓެގައި) ކުންފުނީގެ އިންޓާނަލް މެމޯ އެއްކަމުގައި ދެއްކުމަށް ސައްހަ ނޫން ލިޔުމެއް އުފައްދައި އާންމު ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން އެ އަމަލު ކުށްވެރިކޮށް، އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ފެނައިކައިން ވަނީ ނަސޭހަތްތެރިވެފައެވެ.

"އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ކަރަންޓުގެ މައްސަލައާއި ގުޅިގެން ރައްޔިތުންނާ ހިއްސާކުރެވޭ މައުލޫމާތު އެ ކުންފުނިން ހިއްސާ ކުރަމުން ދާނީ އެކުންފުނީގެ ހިތަދޫ ބްރާންޗާއި މަރަދޫ ފޭދޫ ބްރާންޗުގެ ކަސްޓަމަރުންނަށް މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރަމުންދާ 2 ކޮމިއުނިޓީ ވައިބާ ގްރޫޕް މެދުވެރިކޮށް" ފެނަކައިން ނެރުނު ބަޔާނުގައި ބުނެފައި ވެެއެވެ.

މީގެ އިތުރުން އިތުރަށް ހިއްސާ ކުރެވޭ މައުލޫމާތުތައް ހިއްސާ ކުރަމުންދާނީ ކުންފުނީގެ ރަސްމީ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް