ހަމާސް ޖަމާޢަތުން ޣައްޒާގައި ވެރިކަމާއި ބާރު ދޫކޮށްލުމަށް ފަތަހަ ޖަމާޢަތުން އެދިއްޖެއެވެ.
ފަތަހަ ޖަމާޢަތަކީ ފަލަޞްޠީނުގެ ވެރިކަންކުރާ ޕާޓީ، ޕަލަސްޓީނިއަން ނޭޝަނަލް އޮތޯރިޓީ (ޕީއެންއޭގެ)މޫވްމަންޓެވެ.
ވަފާ ނޫސް އެޖެންސީއަށް މައުލޫމާތުދެމުން ފަތަހައިގެ ތަރުޖަމާނު މުންތަރް އަލް-ހަޔާކް ބުނެފައިވަނީ ހަމާސް ހުކޫމަތުގެ ދަށުގައި ޣައްޒާ އޮތުމުން ޣައްޒާ އަދި ފަލަޞްޠީނުވެސް ވުޖޫދުން ނެތި ދިއުމުގެ ބިރު އެބަ އޮތް ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި ހަމާސް އާއި ދެކޮޅަށް ފަލަޞްޠީނުގައި މުޒާހަރާކޮށްފައިވާއިރު އެ މުޒާހަރާގެ ބައިވެރިންގެ ގޮވާލުންތަކަށް އިޖާބަދީ ބާރުވެރިކަން ދޫކޮށްލުމަށްވެސް ފަތަހައިން ބުނެފައިވެއެވެ.
ދަ އިސްލާމިކް ރެޒިސްޓަންޓް މޫވްމަންޓް (ހަމާސް) ޖަމާޢަތެއްގެ ގޮތުގައި ފުރަތަމަ ފަލަޞްޠީނުގައި ހަރަކާތްތެރިވާން ފަށާފައިވަނީ 1987ގައެވެ. އޭރު އޮޕަރޭޓް ކުރަމުންދިޔައީ މުސްލިމް ބްރަދަރހުޑްގެ ފަލަޞްޠީނުގެ ގޮފީގެ ގޮތުގައެވެ. ޣައްޒާގެ އާންމު އިންތިޚާބުން ކުރި ހޯދައި ހަމާސް އިން ޣައްޒާގައި ވެރިކަން ކުރަން ފަށާފައިވަނީ 2007ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް