ޙާފިޡުން ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް، ޙާފިޡްކަމުގެ ސަނަދު އެރުވުމަށް ބާއްވާ ޝަރަފުވެރި ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ. މިއީ ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ރާއްޖ...

26 Mar 2025 | 06:44

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް، ޙާފިޡްކަމުގެ ސަނަދު އެރުވުމަށް ބާއްވާ ޝަރަފުވެރި ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި ބާއްވަން ނިންމައިފިއެވެ.

މިއީ ހާފިޒުން ދަސްވެނިވުމަށް ޚާއްސަކޮށްގެން ރާއްޖޭގައި މިފަދަ ހަފްލާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ހާފިޒުންނަށް ސަނަދު ދެމުން އައީ ޖުމްހޫރީ ދުވަސް ނުވަތަ ރާއްޖެ އިސްލާމްވީ ދުވަސް ފަދަ ދުވަސްތަކުގެ ރަސްމީ ޖަލްސާތެރެއިންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި މުޅިން އަލަށް ބާއްވާ ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިރޭ އޮންނާނެ ކަމަށެވެ.

މިރޭ 22:00 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ޖަލްސާގައި 24 ޙާފިޡަކަށް ޙާފިޡުކަމުގެ ސަނަދު އަރުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް