ގެމަ ކާމިޔާބު އެކަޑަމީގެ ފަރާތުން ގެމަނަފުށީގައި ގުރުއާން މުބާރާތެއް ފަށައިފި

ގެމަ ކާމިޔާބު އެކަޑަމީގެ ފަރާތުން ގެމަނަފުށީގައި ގުރުއާން މުބާރާތެއް ފަށައިފި އެވެ. މި މުބާރާތް ހުޅުވާލާފައި ވަނީ ގްރޭޑް އެކަކުން ދިހައަކަށް އަދި ބޮޑެތި މީހުންގެ އުމުރުފުރާވެސް ހިމެނޭ ގޮތަށެވެ. މި މުބ...

25 Mar 2025 | 21:04

ގެމަ ކާމިޔާބު އެކަޑަމީގެ ފަރާތުން ގެމަނަފުށީގައި ގުރުއާން މުބާރާތެއް ފަށައިފި އެވެ.

މި މުބާރާތް ހުޅުވާލާފައި ވަނީ ގްރޭޑް އެކަކުން ދިހައަކަށް އަދި ބޮޑެތި މީހުންގެ އުމުރުފުރާވެސް ހިމެނޭ ގޮތަށެވެ. މި މުބާރާތުގައި 70 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

ގެމަނަފުށީ ސްކޫލްގައި މިރޭ މި ފެށި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަޒްދާން އެންޑް މުރާދު ލޯ އެސޯސިއޭޓްސް ޕާޓްނާ އަދި ބީއެމްއެލްގެ އެކްސްޓާނަލް އެއް ގާނޫނީ ވަކީލު ކަމަށްވާ އަލްއުސްތާޒު މޫސާ ފާރިޝް އަހުމަދު އެވެ.

" ގެމަނަފުށީގައި ގުރުއާނުގެ އިލްމު ދިރުވާއާލާކޮށް އަދި މޮޅަށް ތަޖުވީދުން ގުރުއާން ކިޔަވާ ޖީލެއް ބިނާ ކުރުމަކީ މި އެކަޑަމީގެ އަމާޒެއް. އަޅުގަނޑުމެން މިކަން މިކުރަނީ ދުނިޔެ އާއި އާޚިރަތުގެ ހެވާ ދަރުމައަށް އެދިގެން" ގެމަނަފުށީ އެކަޑަމީގެ ފައުންޑަރ ސަމީރު އަހުމަދު ވިދާޅުވިއެވެ.

ގެމަ ކާމިޔާބު އެކަޑާމީން ބާއްވާ މި މުބާރާތަށް ވަނީ ގެމަނަފުށީގެ ކައުންސިލް، ގެމަނަފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި މާސްޓަރ ޑެންޓަލްކެއާ އިން ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހެޔޮ އެދޭ އެހެން ފަރާތްތަކުން ވެސް އެހީތެރިކަން ލިބޭ ކަމަށް ގެމަ ކާމިޔާބު އެކަޑަމީން މައުލޫމާތުދެއެވެ. އެހެންނަމަވެސް ކާމިޔާބު ކަމާއެކު މިފަދަ މުބާރާތެއް ބޭއްވުމަކީ ޚަރަދުތަކެއް ބޮޑު ޚަރަދެއް ހިނގާނެކަމަކަށްވާތީ އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ގެމަ ކާމިޔާބު އެކަޑަމީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް