ހުޅުމާލޭ ފޭސް ދޭއްގައި ދިރިއުޅެމުން އަންނަ ޒުވާނަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ މާލެ، މއ. ޕެރީހީލިއަން، އަކްރަމް ޢަދީލް ސަޢީދު (25އ) އެވެ.
"އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް މާރިޗް 25 ވަނަ ދުވަހު 19:22 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން." ފުލުހުން ބުނެފައިވެއެވެ.
އަކްރަމް ޢަދީލް ސަޢީދު އެންމެ ފަހުން ފެނިފައިވަނީ މާރިޗް 23 ވަނަ ދުވަހުގެ 13:15 ހާއިރު، އޭނަ މިހާރު ދިރިއުޅޭ، ހުޅުމާލެ ފޭސް 2، އެޗް 15 އިން ކަމަށް އާއިލާއާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.
އަކްރަމް ޢަދީލް ސަޢީދު ގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް