ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ މައުލޫމާތު އާންމު ކުރަނީ

ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ނަން އާންމު ކުރަން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތީގެ...

26 Mar 2023 | 15:04

ގަވައިދާ ހިލާފަށް ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ ނަން އާންމު ކުރަން ނިންމާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާރިހުކަމުގެ މިންގަނޑުތައް ބަޔާންކުރާ ޤަވާއިދު"ގެ ދަށުން ކާބޯތަކެތީގެ ޚިދުމަތް ދޭންވާނީ އެޗްޕީއޭއިން ނުވަތަ އެޗްޕީއޭއިން ކަނޑައަޅާފައިވާ ފަރާތެއްގެ ހުއްދައާއި އެކުގައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން މިޤަވާއިދާ ޚިލާފުވަމުންދާކަން މިހާރު ފާހަގަކުރެވިފައިވާތީ އެގޮތަށް ޢަމަލުނުކުރުމަށް އެޗްޕީއޭއިންވަނީ އިލްތިމާސްކުރައްވާފައެވެ.

އަދި މިގޮތަށް ޢަމަލުކުރަމުންދާ ފަރާތްތަކުން، ކާބޯތަކެތީގެ ޚިދުމަތް ދެމުންދާ ތަންތަނުގެ މަޢުލޫމާތު އެއޭޖެންސީން ޢާއްމުކުރަމުންދާނެކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް