ޗައިނާގެ ބިލިއަނަރުންގެ އާބާދީ ދަށްވެއްޖެ

ޗައިނާއަށް މިދިޔަ އަހަރު 229 ބިލިއަނަރުން ގެއްލުނީ އިގްތިސާދު ދަށަށް ގޮސް، ސްޓޮކް ދަށްވުމާއި، ޔުއާންގެ އަގު ދަށްވުމުން އެގައުމުގެ މަހުޖަނުންނަށް ކުރި އަސަރުގެ ސަބަބުން ކަމަށް ރިޕޯޓެއްގައި މިވަނީ ދައްކ...

26 Mar 2023 | 10:06

ޗައިނާއަށް މިދިޔަ އަހަރު 229 ބިލިއަނަރުން ގެއްލުނީ އިގްތިސާދު ދަށަށް ގޮސް، ސްޓޮކް ދަށްވުމާއި، ޔުއާންގެ އަގު ދަށްވުމުން އެގައުމުގެ މަހުޖަނުންނަށް ކުރި އަސަރުގެ ސަބަބުން ކަމަށް ރިޕޯޓެއްގައި މިވަނީ ދައްކާފައެވެ.

އެމެރިކާ ޑޮލަރުގެ ބިލިއަނަރުންގެ މަގާމު ގެއްލި، ހުރޫން ގްލޯބަލް ރިޗް ލިސްޓުން ވަކިވި ދުނިޔޭގެ 445 މީހުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ޗައިނާގެ މޮގަލްސް އެވެ. މި އަދަދަކީ 2013 ވަނަ އަހަރު ފުރަތަމަ ލިސްޓް ޝާއިއުކުރި ފަހުން ޗައިނާގެ ބިލިއަނަރުންގެ އަދަދު އެންމެ ބޮޑު ދަށްވި ފަހަރެވެ.

ޖެނުއަރީ 16 ވަނަ ދުވަހުގެ ނިޔަލަށް ސާފު މުދަލަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ އާ ބިލިއަނަރުން ވެސް ލިސްޓްވެފައި ވަނީ ޗައިނާއިން ނެވެ. އެއީ 69 އައު ބިލިއަނަރުންނެވެ.

ފުޅި ފެން ބްރޭންޑް ނޮންގްފޫ ސްޕްރިންގްގެ ބާނީ 69 އަހަރުގެ ޒޮންގް ޝަންޝާން އަކީ 69 ބިލިއަން އެމެރިކާ ޑޮލަރާއެކު ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ދެމެހެއްޓި އެވެ. އޭނާއަކީ ދުނިޔޭގެ 15 ވަނައަށް އެންމެ މުއްސަނދި މީހާއެވެ.

ހޮންކޮންގުގެ 77 މީހުންނާއި ޓައިވާންގެ 46 މީހުން ހިމެނޭ ގޮތަށް ލިސްޓްކޮށްފައިވާ ޗައިނާގެ ބިލިއަނަރުންގެ ޖުމްލަ މުއްސަނދިކަން 15 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، ދުނިޔޭގެ މުއްސަނދިކަން ވަނީ 10 ޕަސެންޓް ދަށްވެފަ އެވެ. ދުނިޔޭގެ އެންމެ މުއްސަނދި 100 މީހުންގެ ތެރޭގައި ޖުމްލަ 26 ޗައިނާ ޓައިކޯން ހިމެނެއެވެ.

ޗައިނާގެ ބިލިއަނަރުންގެ ތެރެއިން ދެވަނައިގައި އޮތީ ޓެންސެންޓްގެ ބާނީ 52 އަހަރުގެ ޕޮނީ މާ، ކަމަށާއި އޭނާގެ މުއްސަނދިކަމުގެ 25 ޕަސެންޓް ގެއްލި 39 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވީ ނަމަވެސް އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދެ ދަރަޖަ އިތުރު ކަމަށެވެ. އޭނާ އަކީ ދުނިޔޭގެ 31 ވަނައަށް އެންމެ މުއްސަނދި މީހާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް