އިރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޤާސިމް އަލް އަރާޖީ އިންޑިއާގެ ދަތުރެއް ކުރައްވަނީ އިންޑިއާގެ އަޖިތު ޑޯވަލްގެ ދައުވަތަކަށް ކަމަށާއި ދެބޭފުޅުން ވެސް އެއްބަސްވެވަޑައިގަތީ ދިފާއީ އެއްބާރުލުމާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރުކޮށް ސަލާމަތީ ގުޅުންތައް ބަދަހިކުރުމަށެވެ.
މާޗް މަހުގެ 22 އިން 25 އަށް އިންޑިއާގައި ހުންނެވި އިރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ވެސް ވަނީ އެމީހުންގެ ސަރަހައްދުތަކުގައި ފަހުގެ ކަންތައްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކޮށްފަ އެވެ.
އިރާގުގެ އެންއެސްއޭގެ މިދަތުރަކީ ކެބިނެޓް މިނިސްޓަރު ފެންވަރުގެ އިރާގުން މިދިޔަ ހަތް އަހަރު ތެރޭގައި އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
އިރާގުގެ އެންއެސްއޭ އަކީ މީގެ ކުރިން 2016-18 ވަނަ އަހަރު ދާޚިލީ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ޖުލައި 2020 އިން ފެށިގެން އެންއެސްއޭގެ މަގާމުގަ އެވެ.
2017 ވަނަ އަހަރުން ފެށިގެން އިންޑިއާއަށް އެންމެ ގިނައިން ތެޔޮ ފޯރުކޮށްދޭ ގައުމަކީ އިރާގުން ކަމަށާއި އެއީ ގާތްގަނޑަކަށް 25 ޕަސެންޓް ތެޔޮ އިމްޕޯޓް ކުރާ ގައުމެވެ. އިރާކަކީ އިންޑިއާގެ ފަސްވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާ (އިރާގުން އިމްޕޯޓް: 32.00 ބިލިއަން ޑޮލަރު؛ އެކްސްޕޯޓް: 2.4 ބިލިއަން ޑޮލަރު؛ ޖުމްލަ ވިޔަފާރި: 34.40 ބިލިއަން ޑޮލަރު). އިންޑިއާގެ ތެލާއި ގޭސް ކުންފުނިތަކަށް އަޕްސްޓްރީމް، މީޑް އަދި ޑައުންސްޓްރީމް ސެކްޓަރުގައި ހުރި ފުރުސަތުތައް ވަރަށް ބޮޑެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް