އެތެރޭގެ މާރުކޭޓުތަކުން އެންމެ އަގު ހެވީ ޝަހަރު މާރުކޭޓުގައި

ދުވަހުން އެއްކުރި މައުލޫމާތަށް ބަލާއިރު އެތެރޭގެ މާރުކޭޓުތަކުން އާއްމުކޮށް ތަކެތި އެންމެ އަގު ހެވީ ޝަހަރު މާރުކޭޓުގައި ކަން ހާމަވެއްޖެއެވެ. އެގޮތުން މިއަދު މާލޭގެ އެތެރޭގެ ގިނަ މާރުކޭޓުތަކެއްގެ ވަކި ވ...

26 Mar 2023 | 09:16

ދުވަހުން އެއްކުރި މައުލޫމާތަށް ބަލާއިރު އެތެރޭގެ މާރުކޭޓުތަކުން އާއްމުކޮށް ތަކެތި އެންމެ އަގު ހެވީ ޝަހަރު މާރުކޭޓުގައި ކަން ހާމަވެއްޖެއެވެ.

އެގޮތުން މިއަދު މާލޭގެ އެތެރޭގެ ގިނަ މާރުކޭޓުތަކެއްގެ ވަކި ވަކި އަގުތައް، ހާއްސަގޮތެއްގައި ރޯދަމަހާއި ގުޅުންހުރި ތަކެތީގެ އަގުތައް ވާނީ ބަލާފައެވެ. އަގުތަކަށް ބަލާލާއިރު ކަނޑޫދޫ މިރުސް 100 ގްރާމް 17 ނުވަތަ 25 ރުފިޔާއަށް އެ މާރުކޭޓުން ލިބެއެވެ. ކިލޯއެއް 180 ނުވަތަ 230 ރުފިޔާ އަށް ލިބެން ހުރި އިރު އެތެރޭގެ އެހެން ބާޒާރު ތަކުގައި ހުރީ 250 ނުވަތަ 300 ރުފިޔާ އަށެވެ.

ޝަހަރު ބާޒާރުގައި ލުނބޯ ކިލޯއެއް 65 ހުރި އިރު އެހެން މާރުކޭތު ތަކުން ހުރީ 70 ރުފިޔާ އަށެވެ. މީގެ އިތުރުން މާރުކޭޓުގައި ކަރާ އުޅެނީ 28 ނުވަތަ 30 އަށެވެ.

އަދި ކާށި 10 ނުވަތަ 15 ރުފިޔާއަށް ލިބެން ހުރިއިރު އެހެން މާރުކޭޓު ތަކުގައި ކާށި ހުރީ 20 ނުވަތަ 30 ރުފިޔާ އަށެވެ.

މާލޭގައި މި ފަހަކަށް އައިސް މިފަދަ ގިނަ މާރުކޭޓުތަކެއް މާލޭގެ އެތެރޭގެ އެކި ހިސާބުތަކުގައި ހަދާފައިވާކަން ފާހަގަކުރެވެއެވެ. އެންމެ އަގުހެޔޮ ކަމަށް ފާހަގަކުރެވުނު މާރުކޭޓަކީ ދިލްބަހާރުމަގުން މަޖީދީ މަގަށް ނިކުންނަ ކަންމަތީގައި ޑިލައިޓް ފިހާރައާއި ކުރިމަތިވާގޮތަށް އޮތް ހުސްބިމުގައި ހަދާފައިވާ މާރުކޭޓެކެވެ. އެ މާރުކޭޓު ހިންގަމުން އަންނަތާ މިހާރު ދެތިން އަހަރު ވެދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް