ސައުދީން ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި އެވެ. ސައުދީ ސަރުކާރުން ވަނީ އެހެން އަހަރު ތަކެކޭ އެއްގޮތަށް 50 ޓަނުގެ ކަދުރު ރަމަޟާން މަހަށް ހަދިޔާ ކޮށްފައި އެވެ. އިސްލާމިކް މިނިސ...

26 Mar 2023 | 09:11

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ބަހަން ފަށައިފި އެވެ.

ސައުދީ ސަރުކާރުން ވަނީ އެހެން އަހަރު ތަކެކޭ އެއްގޮތަށް 50 ޓަނުގެ ކަދުރު ރަމަޟާން މަހަށް ހަދިޔާ ކޮށްފައި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކުރީ އަހަރު ތަކެކޭ އެއްގޮތަށް ކަދުރު ފުރަތަމަ ބަހާނީ 1444 ވަނަ އަހަރުގެ ފަގީރުންގެ ދަފްތަރުގައި ރެޖިސްޓްރީ ކޮށްފައިވާ މީހުންގެ ގޭބިސީތަކަށް ކަމަށެވެ. އޭގެ ތެރެއިން ކޮންމެ ގޭބިސީއަކަށް ދޭން ނިންމާފައިވަނީ އެއް ޕެކެޓެވެ.

ބާކީ ކަދުރުތައް އެހެނިހެން ގޭބީސީތަކަށް ބެހުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރުކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެ އެވެ.

ކަދުރު ބަހާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށެވެ. މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް ބަހަން ޖެހޭ ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީގައި ކޮންމެ ދުވަހަކު ހެނދުނު 9:30ން މެންދުރު 12:00 އަށެވެ.

އަތޮޅުތެރޭގެ ރަށްރަށަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކުން މިއަހަރު އެ މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު، އެ ކައުންސިލްތަކުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ ކަދުރު ބަލާ ދާއިރު އައިޑީކާޑު ހިފައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ.

ސައުދީން މިއަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީ އާއި ހަވާލު ކުރީ މިމަހުގ ެ21 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް