ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ބައި މިލިއަނަށް އަރަނީ

މިއަހަރު ރާއްޖެ އައި ޓޫރިސްޓުގެ އަދަދު ބައި މިލިއަނަށް އަރަން ކައިރިވެއްޖެ އެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 483...

26 Mar 2023 | 07:49

މިއަހަރު ރާއްޖެ އައި ޓޫރިސްޓުގެ އަދަދު ބައި މިލިއަނަށް އަރަން ކައިރިވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 483,624 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މި މަހުގެ މިހާތަނަށް ދުވާލަކު އެވްރެޖްކޮށް 5,898 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ.

މިދިޔަ އަހަރުގެ ތަފާސް ހިސާބަށް ބަލާއިރު މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 394,204 ޓޫރިސްޓުންނެވެ. އެހެންކަމުން މިއީ ގާތްގަނޑަކަށް އެއް ލައްކަ ޓޫރިސްޓުންގެ އިތުރުވުމެކެވެ.

މިއަހަރު މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ ރަޝިޔާ އިންނެވެ. އެގައުމުން 59,987 ޓޫރިސްޓުން ޒިޔާރަތް ކޮށްފަވެ އެވެ.

ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަށް ޒިޔާރަތް ކޮށްފައި ވަނީ އިންޑިއާއިންނެވެ. އެއީ 52,276 ޓޫރިސްޓުންނެވެ.

ތިން ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވާ އިނގިރޭސިވިލާތުން ރާއްޖެ އަށް ޒިޔާރަތް ކުރީ 44,839 އަށް އަރައެވެ.

މިދިޔަ އަހަރު ރާއްޖެއަށް1.6 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު1.8 މިލިއަން ޓޫރިސްޓުުން ރާއްޖެ ގެނައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް