ބާޒާރުގެ އަގުތަކަށް ބަލައިލުމެއް!

ރޯދަމަސް ފެށިގެން މިއަދިކީ ހަތަރު ވަނަ ދުވަސް ކަމުގައިވާއިރު ބާޒާރުގެ އަގުތަކަށް ބަލައިލަމާ ހިނގާށެވެ. ރޯދަމަސް ފެށުނު އިރު ކަރާ ކިލޯއެއް 30 ނުވަތަ 35  ރުފިޔާއަށް ހުރި އިރު މިއަދު ބާޒާރުން ކަރާ ކިލޯއެ...

26 Mar 2023 | 05:26

ރޯދަމަސް ފެށިގެން މިއަދިކީ ހަތަރު ވަނަ ދުވަސް ކަމުގައިވާއިރު ބާޒާރުގެ އަގުތަކަށް ބަލައިލަމާ ހިނގާށެވެ.

ރޯދަމަސް ފެށުނު އިރު ކަރާ ކިލޯއެއް 30 ނުވަތަ 35  ރުފިޔާއަށް ހުރި އިރު މިއަދު ބާޒާރުން ކަރާ ކިލޯއެއް 25 ނުވަތަ 28 ރުފިޔާއަށް ލިބެއެވެ. އަގަށް ހެޔޮ ބަދަލު އައިސްފައިމިވަނީ ތޮއްޑޫ ކަރާ ބާޒާރުގައި ތިޔާގިވުމުން ކަމަށް ގޮޅިވެރިން ބުނެއެވެ.

މިއަދު ބާޒާރުގެ ގޮޅިތަކުގައި ކަނޑޫދޫ މިރުސް 100 ގްރާމް ހުރީ 25 ނުވަތަ 15 ރުފިޔާއަށެވެ. ކިލޯއެއް 250 އަށްލިބެ އެވެ.

މީގެ އިތުރުން ގޮޅިތަކުގައި ހުރި މިރުހުގެ އަގަށް ބަލާއިރު ލާމު މިރުހުގެ އަގުވެސް އުޅެނީ ކަނޑޫދޫ މިރުހުގެ އަގާ ދާދި އެއްވަރެއްގައި އެވެ.

ބާޒާރުގެ އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާލާއިރު ލުނބޯ ކިލޯއެއް ހުރީ 65 ނުވަތަ 70 ރުފިޔާއަށެވެ. އަދި ކާށީގެ އަގަށް ބަލާއިރު އެންމެ ކުދި ކާށި 10 ނުވަތަ 12 ރުފިޔާއަށް ލިބޭއިރު ބޮޑު ކާށީގެ އަގު އުޅެނީ 15 ނުވަތަ 20 އަށެވެ.

ބާޒާރުގައި މަހުގެ އަގު ތަކަށް ބަލާލާއިރު ވަޅޯމަސް ކިލޯއެއް 80 ނުވަތަ 100 ރުފިޔާއަށް ހުރި އިރު ކަނޑު މަހުގެ ތެރެއިން ކަޅުބިލަމަސް ކިލޯއެއް އުޅެނީ 35 ރުފިޔާއަށެވެ.

އަދި ކަންނެލީގެ އަގު 40 ރުފިޔާ އަށް  ހުރި އިރު ގޮނދާގެ އަގު އުޅެނީ 50 ރުފިޔާ އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް