ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަމަދު ސާލިހް ފުވައްމަލަކު ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ރަށު މަޝްހޫރު ބާބާ ގާޑިޔަލަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސްގެ ދެ ކަނބަލުންގެ އިތުރުން ނައިބުރައީސް ފައިސަލް ނަސީމުވެސް ވަނީ މި ގާޑިޔަލުން ހިދުމަތް ހޯއްދަވާފައެވެ.
އެ ގާޑިޔަލުން ފޭސްބުކުގެ ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ބާބާ ގާޑިޔާއަށް ވަޑައިގެން ޙިދުމަތް ހޯއްދެވިކަމީ އެމަނިކުފާނު ކުދި ވިޔަފާރި ކުރާ ފަރާތްތަކުގެ އަގު ވަޒަންކުރާ ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ. އަދި ބާބާ ގާޑިޔާގެ މަޢުލޫމާތު މީޑިއާތަކުން ފެނިވަޑައިގެންނެވި ކަމަށާއި ޒުވާނަކަށްވެ ހުރެ ހަސަން އަތީޤް (ގާޑިޔާގެ ވެރިޔާ) ކުރައްވަމުން ގެންދަވަނީ އެހެން ޒުވާނުންނަށް ނަމޫނާ މަސައްކަތެއް ކަމަށާއި މި ގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރު ދެއްވާކަމަށް ވިދާޅުވުމުން މި މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދިޔަ ކަމަށް އެ ގާޑިޔަލުން ބުނެއެވެ.
މި ޒިޔާރަތުގައި ނައިބު ރައީސް ފައިސަލްވެސް ބައިވެރިވެ ހިތްވަރު ދެއްވާފައި ވާތީ ބާބާ ގާޑިޔާގެ ފަރާތުން ރައީސް އާއި ރައީސްގެ ނައިބަށް އިޙްލާސްތެރި ކަމާއިއިއެކު ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރާކަމަށް އެފަރާތުން ބުނެއެވެ.
ބާބާ ގާޑިޔަލަކީ ފުވައްމުލަށް ސިޓީގައި ޒުވާނަކު ހުޅުވައިގެން ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރި ކުރަމުން އަންނަ ފަރާތެކެވެ. ބާބާ ގާޑިޔާ ވަނީ ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް