ފުވައްމުލަކުގެ މަގުހެދުމުގެ މަޝްރޫއު ކުރިޔަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ޏ. ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ. މި މަޝްރޫއު ބައްލަވާލައްވާފައިވަނީ ރައީސް އާއި ނައިބު ރައީސް ފައި...

26 Mar 2022 | 10:50

ޏ. ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.

މި މަޝްރޫއު ބައްލަވާލައްވާފައިވަނީ ރައީސް އާއި ނައިބު ރައީސް ފައިސަލް ނަސީމް މިހާރު ފުވައްމުލަކަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މި މަޝްރޫއު ބައްލަވާލެއްވުމުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ޕްލޭނިން މިނިސްޓްރީ އާއި ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަޝްރޫއުގެ ދަށުން 122،659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތާއި، 95،239 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުން ހިމެނެއެވެ.

މީގެއިތުރުން، 27،450 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، މަގުމަތީ ނިޝާން ހަރު ކުރުމާއި މަގު ބައްތި ހަރު ކުރުމުގެ އިތުރުން، 19،940 މީޓަރުގެ ސަރަޙައްދެއްގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. މިއީ 271.3 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މަގުހެދުމުގެ މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް