"އިންޑިއާ އައުޓް" މިފަހަރު އައްޑޫ މޭޔަރު ކާރުކޮޅުގައި

އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ލިޔެފިއެވެ. ނިޒާރުގެ ކާރުގައި ބޮޑުކޮށް "އިންޑިއާ އައުޓް" ސްޕްރޭއިން ލިޔެފައިވަނީ ރޭ ދަންވަރު 02:00 ގެ ފަހުން ކަމަށް އޭނާ ބުނެއެވެ. ނިޒާރު ވިދާޅ...

26 Mar 2022 | 09:57

އައްޑޫގެ މޭޔަރު އަލީ ނިޒާރުގެ ކާރުގައި "އިންޑިއާ އައުޓް" ލިޔެފިއެވެ.

ނިޒާރުގެ ކާރުގައި ބޮޑުކޮށް "އިންޑިއާ އައުޓް" ސްޕްރޭއިން ލިޔެފައިވަނީ ރޭ ދަންވަރު 02:00 ގެ ފަހުން ކަމަށް އޭނާ ބުނެއެވެ.

ނިޒާރު ވިދާޅުވީ އިދިކޮޅު ބަޔެއް ފަހަތުގައި ތިބެގެން ކޮށްފައިވާ މި ކަންތަށް އެ ފަރާތްތަކުން ޒިންމާ ނަގަން ޖެހޭނެކަމަށެވެ. މިހާރު މި މައްސަލަ ފުލުހަށް ހުށަހެޅިފައިވާ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އިންޑިއާ އައުޓް ހަރަކާތަކީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ އިސްކޮށް ތިއްބަވާ ރާއްޖޭގައި ތިއްބި އިންޑިއާ ސިފައިން ބޭރުކުރުމަށް ހިންގާ ހަރަކާތްތަކެކެވެ.

އެމްއެންޑީއެފުން ކުރިން ބުނީ ރާއްޖޭގައި އިންޑިއާގެ75 ސިފައިން ގާއިމްވެ އެބަތިބި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް