ހޫތީންގެ ހަމަލާތައް ސައުދީގެ ޖިއްދާއަށް، ހަފްތާއެއްގެ ތެރޭގައި ހައެއްކަ ހަމަލާ ދީފި

ޔަމަނުގެ ދާހިލީ ހަނގުރާމައިގާ އެ ގަައުމުގެ ސަރުކާރު ފަޅިއަށް ސައުދީން ލީޑުކުރާ އަރަބި ކޯލީޝަނުން އެހީވަމުން އަންނައިރު އިދިކޮޅު ހޫތީންގެ ހަމަލާތައް ސައުދީއަށް އަމާޒުކުރަން ފަށައިފިއެވެ. އެގޮތުން މިދިޔ...

26 Mar 2022 | 08:46

ޔަމަނުގެ ދާހިލީ ހަނގުރާމައިގާ އެ ގަައުމުގެ ސަރުކާރު ފަޅިއަށް ސައުދީން ލީޑުކުރާ އަރަބި ކޯލީޝަނުން އެހީވަމުން އަންނައިރު އިދިކޮޅު ހޫތީންގެ ހަމަލާތައް ސައުދީއަށް އަމާޒުކުރަން ފަށައިފިއެވެ.

އެގޮތުން މިދިޔަ ހަފްތާއެއްގެ ތެރޭގައި ދެތިން ހަމަލާއެއް ދީފައިވެއެވެ. ދެ ހަމަލާއެއް ކާމިޔާބުވެސް ކޮށްފައިވެއެވެ.

އެއް ހަމަލާއަކީ މިދިޔަ ހަފްތާގެ ކުރީކޮޅު ޖިއްދާގައި ހުންނަ އަރަމްކޯ ތެޔޮ ރައްކާކުރާ ޕްލާންޓަށް ދިން ހަމަލާއެވެ. އެ ހަމަލާ ދިނީ ގޮވާޒާތުގެ ތަކެތިން ބަރުކޮށްފައިވާ ވެހިކަލެއް ފޮނުވާލައިގެންނެވެ.

އޭގެ ފަހުން ރޭގެ ދަންވަރު ވަކިން ބޮޑު ހަމަލާއެއް މިވަނީ އަނެއްކާވެސް އަރަމްކޯގެ ތެޔޮ ރައްކާކުރާ ޕްލާންޓަށް ދީފައެވެ. މިފަހަރުގެ ހަމަލާ ދިނީ ޑްރޯން އާއި މިސައިލް ބޭނުންކޮށްގެންނެވެ. ގޮވުންތަކުން އެރި އަލިފާނާއި ދުން ވަރަށް ދުރަށް ފެންނަން ހުއްޓެވެ.

ނަމަވެސް ސައޫދީން ބުނެފައިވަނީ މި ހަމަލާތަކުގެ ސަބަބުން އާންމުންނަށް އެއްވެސް ގެއްލުމަކާ ކުރިމަތިލާން ނުޖެހޭނެ ކަމަށެވެ. އާންމުންނަށް ނުރައްކަލެއް ނެތް ކަމަށެވެ. ނަމަވެސް ތެލަށް ދޭ ހަމަލާއަކީ އިގްތިސާދަށް ދެވޭ ހަމަލާއެއްކަމުން ތެލުގެ އަގު އުފުލުން އެކަށީގެންވާކަމަށް މިދިޔަ ހަފްތާގައި ސައޫދީން ބުނެފައިވެއެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމައިގާ ސަަރުކާރަށް ސައުދީން ލީޑުކުރާ އަރަބި ކޯލީޝަނުން އެހީތެރިކަންދެމުން އަންނައިރު އިދިކޮޅު ހޫތީންނަށް ވާގިވެރިވަނީ އީރާނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް