އަނބިމީހާ ވިހަން ވައްދާފައިވަނިކޮށް ފިރިމީހާ މޮޑެލަކާއެކު ރާއްޖެއަށް އައި މައްސަލަ ހޫނުވެއްޖެ

ޔޫކްރޭނުގެ އަންނެހަކު ވިހަން ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް އެ އަންހެން މީހާގެ ފިރިމީހާ މޮޑެލަކާއެކު ރާއްޖެއަށް ޗުއްޓީއަށް އައި މައްސަލަ ހޫނުވެއްޖެއެވެ. މި މައްސަލަ ހޫނުވެފައިވަނީ ހަމަ އެ ގައުމަށް ...

26 Mar 2022 | 08:10

ޔޫކްރޭނުގެ އަންނެހަކު ވިހަން ހޮސްޕިޓަލަށް ގެންގޮސްފައިވަނިކޮށް އެ އަންހެން މީހާގެ ފިރިމީހާ މޮޑެލަކާއެކު ރާއްޖެއަށް ޗުއްޓީއަށް އައި މައްސަލަ ހޫނުވެއްޖެއެވެ.

މި މައްސަލަ ހޫނުވެފައިވަނީ ހަމަ އެ ގައުމަށް ނިސްބަތްވާ މޮޑެލަކާއެކު އެ ފިރިމީހާ ރާއްޖެ އައިސް ތާށިވި ހިސާބުންނެވެ.

މާރިޔާ ލައިމަންކިޔާ އެ މޮޑެލަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރާއި ގައުމަށް އެނބުރި ގޮސްފިނަމަ ދިރިނޫޅެވޭވަރު ކޮށްލާނެކަމުގެ އިންޒާރު ދެމުން އަންނައިރު މި މައްސަލަ އެ މޮޑެލް މިހާރު ވަނީ އެ ގައުމުގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްފައެވެ. އެހެންނަމަވެސް ހަނގުރާމަ ހިނގަމުން އަންނަ ޔޫކްރޭނަށް އެ މޮޑެލް އަދި ވިހަން ވެއްދި މީހާގެ ފިރިމީހާ އެނބުރި ދިޔަކަން ނުވަތަ ނޫންކަން ބޭރުގެ މީޑިއާތަކުން ސާފުކޮށްދީފައެއް ނުވެއެވެ.

ހަނގުރާމައާއި ގުޅިގެން ރާއްޖޭގައި ޔޫކްރޭނަށް ނިސްބަތްވާ ފަތުރުވެރިންތަކެއް ތާށިވިއެވެ. ނަމަވެސް އެ ފަތުރުވެރިންގެ ތެރެއިން ބަޔަކު ރާއްޖެ އަގުބޮޑުކަމުން ލަންކާއަށް ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް