އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީން މާލޭގައި "ނޭވާ ހޮޅިޔަށް" މުޒާހަރާއިން ހައްޔަރުކުރީ 17 މީހުންކަމާއި އެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން ބުނެފިއެވެ.
އިއްޔެގެ އެއްވުމުގެ ތެރޭގައި އެ ޕާޓީއަށް ނިސްބަތްވާ އިސް މެމްބަރުން ވަނީ ހަޔްރކޮށްފައެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަދި ޕީއެންސީ ކައުންސިލް މެންބަރު އަހުމަދު ނަރީޝް، ޕީޕީއެމް ޑެޕިއުޓީ ޕާލިމެންޓް ލީޑަރު އަދި ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް، މާވަށު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ސައީދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރުމުގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދާ ހަރަކާތްކުގެ ތެރެއިން އިއްޔެ ބޭއްވުނު ހަރަކާތަކީ ބޮޑު ހަރަކާތެއްކަމަށް އެ ޕާޓީން ބުނެއެވެ. އެހެންކަމުން ފުލުހުން ވަނީ އިތުރަށް ފިޔަވަޅުތަށް ވަރުގަދަކޮށް އެއްވުން ރޫޅާލުމަށް ނުކުމެފައެވެ. އެގޮތުން އެއްވުން ރޫޅާލުމަށަ ފުލުހުން ވަނީ ބާރިގެ ބޭނުންކޮށް ޕެޕާ ސްޕްރޭ ބޭނުން ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް