މާލޭގައި ޓެކްސީއެއްގެ މައްޗަށް ގަސްބުޑުތަކެއް ވެއްޓި ބޮޑެތި ޓެކްސީއަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
ޓެލެގްރާމް ޕްލެޓްފޯމް އެމްވީ ކްރައިސިސްގައި ބުނެފައިވާގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އިއްޒުއްދީން މަގުގައެވެ. ގަސްއިންދާ ޕޮޓުތަކެއް ވެއްޓުނީ އެމަގުން ޓެކްސީ ދަތުރުކުރަމުންދަނިކޮށް ކަމަށް ބުނެފައިވެއެވެ.
އެ ސަރަަހައްދުގައި ހުރި މީހަކު ދުވަހަށް މައުލޫމާތުދެމުން ބުނީ މިހާރު ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ޓެކްސީގެ މައްޗަށް ގަސް ޕޮޓްތައް ވެއްޓުނީ ފޮށިގަނޑެއްގައި ވާ އައްސައިގެން އެ ގަސް ޕޮޓުތައް ބާލަން އުޅުުމުގެ ތެރޭގައި ކަމަށެވެ.
މި ހާދިސާގައި ޓެކްސީގެ ފަހަތު ބިއްލޫރިގަނޑު ތަޅައިގެންގޮސް ކާރުގެ މަތިން ބަނޑިލާފައިވާ މަންޒަރު ފޮޓޯތަކުން ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް