ކ. ގާފަރު ގެސްޓްހައުސްއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އއ. ބޮޑުފުޅަދޫ ފަރުދާބަގީޗާގެ އައިމިނަތު ނާޖިލާގެ މަރުގެ މައްސަލައިގައި އިތުރު ފަރާތެއްގެ ބައިވެރިވުމެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.
ނާޖިލާ މަރުވެފައި އޮއްވާ ފެނިފައި ވަނީ މަރުވިތާ އެއްދުވަސް ފަހުން މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެއެވެ.
ފުލުހުން މީޑިއާއަށް ބުނީ ނާޖިލާ މަރުވުމުގައި އެއްވެސް މީހެއްގެ ބައިވެރި ވުމެއް އޮތްކަން މިހާތަނަށް ފާހަކަކުރެވިފައި ނެތްކަމަށެވެ
އިތުރަށް ފުލުހުން ބުނީ އޭނާގެ މަރުގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި ބަލަންޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށެވެ.
ނާޖިލާ މަރުވެފައި އޮއްވާފެނިފައިވަނީ ގާފަރު ގެސްޓް ހައުސްއެއްގައި އޭނާ ހިފައިގެން ހުރި ކޮޓަރި ތެރެއިންނެވެ.
މައުލޫމާތު ލިބޭ ގޯތުގައި އޭނާ މަރުވެފައި އޮއްވާފެނިފައިވަނީ އެކި ކަހަލަ ޒަހަމް ތަކަކާއެކީގައެވެ. ގެސްޓް ހައުސްގެ ފާހަނާ ތެރޭފައި މަރުވެފައި އޮތްއިރު ކައިރީގައި ވަޅިއެއް އޮތް ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް