ސްރީ ލަންކާގެ ކޮލަމްބޯއިން އައްޑުއަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ސްރީ ލަންކަން އެއާލައިންސުން ކުރާ ދަތުރުތައް ހަފޔތާއަކު ދެ ދުވަހު ކުރަން ނިންމައިފިއެވެ.
މީގެ ކުރިން އެއެއާލއިނުން ދަތުރުތަށް ކުރަމުން އަންނަނީ ހަފުތާ އަކު އެއް ދުވަހުއެވެ.
މި ބަދަލާ އެއްގޮތަށް ދަތުރުކުރަން ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.
މި ގެނައި ބަދަލާއެކު، ސްރީ ލަންކަން އެއާލައިންސުން ގަމަށް ދަތުރުކުރާ ފަސިންޖަރުންނަށް އިތުރު ލުޔެއް ލިބޭނެ ކަމަށް އެ އެއާލައިންސުން ބުނެ އެވެ.
ސްރީ ލަންކަން އިން އައްޑޫއަށް އެންމެ ފުރަތަމަ ދަތުރުތައް ފެށީ 2016 ވަނަ އަހަރު އެވެ.
އޭރު ލަންކާ އިން ހަފުތާއަކު ތިން ފްލައިޓް ބޭއްވި އެވެ. ނަމަވެސް ކޯވިޑް އާއި ގުޅިގެން އައްޑުއަށް ދަތުރުތަށް ހުއްޓާލާފައި އޮތުމަށްފަހުގައި މި ވަނީ އަލުން ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް