އެޓްމޮސްފިއާ ހޮޓެލް އެންޑް ރިސޯޓުގެ ލަގްޒަރީ ބްރޭންޑުގެ އާ ރިސޯޓެއްގެ ގޮތުގައި ކަނޑުއަޑީގެ ހިތްގައިމު ރެސްޓޯރެންޓެއް ހިމެނެހޭން އޮބްލޫ ސިލެކްޓް ލޯބިގިލި ރިސޯޓް ހުޅުވައިފިއެވެ.
މި ރިސޯޓަކީ ފަސްތަރީގެ ރިސޯޓެކެވެ. 68 ކޮޓަރި ހިމެނޭ މި ރިސޯޓަކީ ބޮޑެތިމީހުނަށް ހާއްސަކޮށްފައިވާ ރިސޯޓެކެވެ. ރިސޯޓަށް އަންނަ ފަތުރުވެރިންނަށް ހާއްސަކޮށްގެން އެކި ގައުމުތަކުގެ ކެއުންތަކާއި ބުއިންތަކާއެކު މިރިސޯޓްގައި 17 ފުޑް ޓްރަކު ހާއްސަކުރެވިފައިވެއެވެ.
ދިވެހި ނަންތައް ހިމެނޭގޮތަށް މި ރިސޯޓުން ދޭ ހިދުމަތްތަކަކީ މި ރިސޯޓުންދޭ ތަފާތު ހިދުމަތެކެވެ. އެގޮތުން "ލޯބި ދޫނި" "ހިތުން ހިތަށް" ފަދަ ނަންތަށް މި ސްޕާއިން ދޭ ހިދުމަތްތަކަށް ކިޔައެވެ.
މިއީ ނިމިދިޔަ ސަރުކާރުގައި ހަދަން ފެށުނު ރިސޯޓެކެވެ. އަންނަ މެއި މަހުގައި ވެސް މި ކުންފުނިން އަންނަނީ މުޅިން އަލަށް ރިސޯޓެއް ހުޅުވުމަށް ތައްޔާރުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް