މާދަމާ ރައްޔިތުންގެ މަޖިލީހުގައި ނަގާ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލައިގާ ވޯޓު ދެއްވާނީ މަސީހާ ދެކޮޅަށް ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.
އަމީތު މިހެން ވިދާޅުވެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/MohamedAmeeth/status/846050374867931138
އެ ޓްވީޓްގައި އަމީތު ވިދާޅުވެފައިވަނީ މަސީހާއި ދެކޮޅަށް ނަގާ ވޯޓުގައި ވޯޓު ދޭނީ މަސީހާ ދެކޮޅަށް ކަމަށާއި، ބިރު ނުގަތުމަށް އެހެން މެމްބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި ބިރުގަންނަންވީ ހަމަ އެކަނި މާތް ﷲ ދެކެ ކަމަށެވެ.
އަމީތު މިހެން ވިދާޅުވެފައިވާއިރު ސަރުކާރު ކޯލީޝަނުން ބުނަމުން އަންނަނީ މި ވޯޓު ވަރަށް ޔަގީން ކަމާއެކު ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ހަމަ އިދިކޮޅު ކޯލީޝަނުންވެސް ޔަގީން ކަމާއެކު ބުނަމުން އަންނަނީ މި ވޯޓު ކާމިޔާބު ކުރެވޭނެކަން ކަށަވަރު ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް