ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އެޕާޓީގެ މެމްބަރުކަމުން ވަކިކުރުމަށް ޕާޓީގެ ކައުންސިލުން ނިންމައިފިއެވެ.
ޕީޕީއެމްގެ ކައުމްސިލުން މިގޮތަށް ނިންމީ މިއަދު ހަވީރު ބޭއްވި އެޕާޓީގެ ކައުންސިލްގެ ކުއްލި ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެންނެވި 26 މެމްބަރުންގެ އިއްތިފާޤުންނެވެ.
މި ޤަރާރު ޕާޓީގެ ކައުންސިލަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙްއެވެ. ފަލާހް ވިދާޅުވީ މި ނިންމުން ނިންމީ ޕީޕީއެމްގެ ރައީސްކަމުގެ މަޤާމުގައި ހުންނަވައިގެން ރައީސް މައުމޫން ޢަބްދުލްްައްޔޫމް ކުރައްވާ މަސައްކަތްތަކަކީ ޤަބޫލްކުރެވޭ ކަމަކަށް ނުވާތީކަމަށެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް