އެޗް1 އެން1 ޖެހިގެން މާބަނޑު އަންހެނަކު ނިޔާވެއްޖެ އެވެ.
ދުވަހަށް މިކަން ކަށަވަރު ކޮށްދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ ޔުނިޓްގެ ޑިރެކްޓަރު އަހްމަދު މައުސޫމް ވިދާޅުވީ ނިޔާވެފައިވަނީ 29 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ ނިޔާވީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. ނިޔާވީ މީހާގެ ބަނޑަށް ވީ މުއްދަތު އައިޖީއެޗްއެޗުން ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.
މިއީ މި ބަލި ފެތުރެންފަހުން މިއަހަރުގެ ތެރޭގައި ނިޔާވި ފަސްވަނަ މީހާ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް