މިރޭގެ ޖަލްސާ ކުރިއަށް އެގެންދަނީ ހުއްދަ ނުހޯދާ: ހައުސިން މިނިސްޓަރު

އާޓިފިޝަލް ބީޗްގައި މިހާރު ކުރިއަށްދާ ޖަލްސާ ކުރިއަށްގެންދަނީ ހައުސިން މިނިސްޓްރީން ހުއްދަ ނުހޯދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ މީގެ ...

26 Mar 2015 | 17:32

އާޓިފިޝަލް ބީޗްގައި މިހާރު ކުރިއަށްދާ ޖަލްސާ ކުރިއަށްގެންދަނީ ހައުސިން މިނިސްޓްރީން ހުއްދަ ނުހޯދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ ޖަލްސާ ކުރިއަށް އެ ގެންދަނީ ސްޓެލްކޯއިން ވަގުތީ ކަރަންޓްވެސް ނުނަގާ ކަމަށެވެ.

އާޓިފިޝަލް ބީޗްގައި އެމްޑީޕީއާއި އަދާލަތު ޕާޓީން މިރޭގެ ޖަލްސާވެސް ކުރިއަށް ގެންދަނީ އަދާލަތާއި އެމްޑީޕީ ކޯލީޝަންގެ ނަން ކަމުގައިވާ "އަނިޔާވެރިކަމާ ދެކޮޅަށް ދިވެހިން" މި ނަމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް