އެމްޑީޕީއާއި އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފުވެފައިވާކަމަށްބުނެ އެމްޑީޕީއާއި އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި އެވެ. އެމްޑީޕީ ޖޫރިމަނާކޮށްފައިވަނީ 47000 (ސާޅީސް ހަތް ހާސް ރުފިޔާ) އިން ނ...

26 Mar 2015 | 15:41

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާއި ހިލާފުވެފައިވާކަމަށްބުނެ އެމްޑީޕީއާއި އަދާލަތު ޕާޓީ ޖޫރިމަނާކޮށްފި އެވެ.

އެމްޑީޕީ ޖޫރިމަނާކޮށްފައިވަނީ 47000 (ސާޅީސް ހަތް ހާސް ރުފިޔާ) އިން ނެވެ. އަދާލަތު ޕާޓީ ޖޫރިމަނާކޮށްފައިވަނީ 33000 (ތެއްތިރީސް ހާސް ރުފިޔާ) އިން ނެވެ.

މިކަމާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބުނެފައިވަނީ ޖޫރިމަނާކޮށްފައިވަނީ މާލޭގައި މިހާރު ބާއްވަމުންގެންދާ މުޒާހަރާތަކުގައި އެމްޑީޕީއާއި އަދާލަތު ޕާޓީން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާއި ޚިލާފަށް، ޢަމަލްކޮށްފައިވާތީ ކަމަށެވެ.

"އެ ދެ ޕާޓީން ބާއްވާ އެއްވުންތަކުގައި ފުލުހުންނަށް ޙަމަލާދިނުމާއި، އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި ޢަމަލްތަކަށް ގޮވާލުން ފަދަ ޢަމަލްތައް ހިންގާފައިވޭ، އެދެ ޕާޓީން މީގެ ކުރިން ފުލުހުންނާއި، އިލެކްޝަންސް ކޮމިޝަނުން އަންގާފައިވާ އެއްގުންތަކާއި އެއްގޮތަކަށް ޢަމަލްކޮށްފައެއް ނުވޭ" އިލެކްޝަންސްގެ ބަޔާނުގައި ވެ އެވެ.

އިލެކްޝަންސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ދެ ސިޔާސީ ޖޫރިމަނާކޮށްފައިވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫންގެ 7 ވަނަ މާއްދާއާއި ޚިލާފްވެފައިވާތީ އެ ޤާނޫންގެ 48 ވަނަ މާއްދާގެ ދަށުންކަމަށާ ކުރިއަށް އޮތް 7 ދުވަހުގެ ތެރޭގައި އެފައިސާ އިލެކްޝަންސް ކޮމިޝަނަށް ދައްކަންޖެހޭނެކަމަށެވެ.

އަދި ކުރިއަށް އޮތްތާ ޕާޓީތަކުން ހިންގާ މުޒާހަރާތަކުގައި މިފަދަ ޢަމަލްތައް ތަކްރާރްކުރާނަމަ އިތުރު ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް އިލެކްޝަންސް ކޮމިޝަނުން ދީފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް