ނާޒިމަށް ހުކުމް ކުރުން މިރޭ

ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް މިރޭ ހުކުމް ކުރަން ނިންމައިފި އެވެ. ނާޒިމްގެ މައްސަލައިގެ އަޑު...

26 Mar 2015 | 15:32

ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މައްޗަށް މިރޭ ހުކުމް ކުރަން ނިންމައިފި އެވެ.

ނާޒިމްގެ މައްސަލައިގެ އަޑު އެހުމެއް މިއަދު ހަވީރު ބާއްވާފައިވާއިރު އެ އަޑު އެހުމުގައި ހުލާސާ ބަޔާން ވަނީ އިއްވާފަ އެވެ. ބަޔާން އިއްވުމަށްފަހު ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ މިރޭ އޮންނާނީ ހުކުމް އިއްވުން ކަމަށާއި ހުކުމް ކުރުމަށް ބާއްވާ އަދުއެހުން އޮންނާނީ މިރޭ 11ގެ ފަހުން ކަމަށެވެ.

މެންދަމު ވަގުތެއްގައި ފުލުހުން ނާޒިމްގެ ގެއަށްވަދެފައިވަނީ މިއަހަރު ޖެނުއަރީ މަހު  18 ވަނަ ދުވަހު އެވެ. ފުލުހުން ބުނެފައިވަނީ އެ އެޕާޓްމަންޓުން ފިސްތޯލައަކާއި ތިން ވަޒަނާ އަދި އައިއީޑީއެއް ހޯދާފައިވާ ކަމަށެވެ. ނަމަވެސް ނާޒިމްގެ ގާނޫނީ ވަކީލުން ގެންދަނީ ޝަރީއަތުގެ އަޑުއެހުންތަކުގައި އެއީ ނާޒިމާއި އެނާގެ އާއިލާއާ ގުޅުންހުރި އެއްޗެއް ނޫން ކަމަށް ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް