އާތު އަވާ ފާހަގަކުރުމަށް މިއަހަރުވެސް ތަފާތު ހަރަކާތްތަތެއް

ދުނިޔޭގެ ގައުމުތަކުގައި އެއްވަގުތެއްގައި ފާހަގަކުރަމުން އަންނަ އާތު އަވާ ފާހަގަ ކުރުމަށް މި އަހަރުވެސް ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާކަމަށް ސްކައުޓްސް އެސޯސިއޭޝަނުން ބުނެފި އެވެ. ދުވަހަށް މައުލ...

26 Mar 2015 | 10:26

ދުނިޔޭގެ ގައުމުތަކުގައި އެއްވަގުތެއްގައި ފާހަގަކުރަމުން އަންނަ އާތު އަވާ ފާހަގަ ކުރުމަށް މި އަހަރުވެސް ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާކަމަށް ސްކައުޓްސް އެސޯސިއޭޝަނުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އާތު އަވާ މޯލްޑިވްސްގެ ކަންޓްރީ މެނޭޖަރ އަހުމަދު ނަޝީދު ވިދާޅުވީ މިއަހަރު އާތު އަވާ ޕްރޮގްރާމްތައް ފައްޓާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ. އެގޮތުން ހުކުރު ދުވަހު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ވޮލަންޓްރީ ގްރެފިޓީ ކުރެހުމުގެ ހަރަކާތެއް ކުރިއަށްދާނެ ކަމަށާއި އަދި ހޮނިހިރު ދުވަހު ހަވީރު ކަޅު ބޯޑެއްގައި އާންމުންގެ ޝިއާރު ލިޔުންވެސް ކުރިއަށްދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އާތު އަވާ ރަސްމީ ޝޯ ފެށިގެންދާނެ ހޮނިހިރު ދުވަހުގެ ރޭ 8:00ގައި ރާޅުގަނޑު ސަރަހައްދުން، 8:30 އިން 9:30 އަށް އެ ސަރަހައްދުން ކަރަންޓް ކަނޑާލުމަށްފަހު 9:30 އިން ފެށިގެން 11 ޖަހަންދެން ޝޯ ކުރިއަށްދާނެ" ނަޝީދު ވިދާޅުވި އެވެ.

އާތުއަވާ ފާހަގަކުރަމުން އަންނައިރު ސޯޝަލް މީޑިއާގައި EarthHourMV# ‪‎EarthHour‪#‎ YourPower# ‎ChangeClimateChange# ‪LightsOff#

ހޭޝްޓެގް ބޭނުން ކުރުމަށް އިލްތިމާސްކުރުމަށް ސްކައުޓް އެސޯސިއޭޝަނުން އިލްތިމާސް ކުރެ އެވެ.

އާތު އަވާ ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާޗްމަހުގެ ފަހު ހޮނިހިރު ދުވަހު އެވެ. އާތު އަވާގެ މިއަހަރުގެ ޝިއާރަކީ "މޫސުމީ ބަދަލުތައް ބަދަލުކުރުމަށް!" އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް