"ރާވެރިބޭގެ ޖިހާދުގެ ފެތުން" ހަރަކާތުގައި 1500 މީހުން ބައިވެރިވެއްޖެ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ "ރައިވެރިބޭގެ ޖިހާދުގެ ފެތުން" ހަރަކާތުގައި މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ހޯމް މިނި...

26 Mar 2015 | 09:48

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ "ރައިވެރިބޭގެ ޖިހާދުގެ ފެތުން" ހަރަކާތުގައި މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހޯމް މިނިސްޓްރީން ބުނީ، އެ ހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި ރިސޯޓުތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ނޫސްވެރިންނާއި ސިޔާސީ ޕާޓީތަކުން ބައިވެރިވެފައިވާ ކަމަޑެވެ. އަދި ނައިބް ރައީސް ޑރ މުހައްމަދު ޖަމީލާއި، ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން ރާޢްޖޭގެ މަޝްހޫރު ފެތުންތެރިން ބައިވެރިވެފައިވާ ކަމަށެވެ.

އެ ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މިއަދު ހަވީރު ހައެއް ޖެހުމާއި ހަމައަށެވެ. ފެތުމުގެ އެ ހަރަކާތް ކުރިޔަށް ގެންދަނީ ވިލިމާލެ އާއި މާލެ އާއި ދެމެދު ގައި އެވެ.

ރައިވެރި ބެޔަކީ އަލިރަސްގެފާނުގެ ޖިހާދުގައި ބައިވެރިވުމަށް ވިލިމާލެއާއި މާލެއާއި ދެމެދުގައިވާ ކަނޑު ހުރަސްކޮށް ފަތާފައި އައި ބޭފުޅެކެވެ. "ރައިވެރިބޭގެ ޖިހާދުގެ ފެތުން" ނަމުގައި ހާއްސަ ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންދަން ނިންމީ އަލިރަސްގެފާނުގެ ޖިހާދުގައި ބައިވެރިވި ހިތްވަރު ގަދަ އެފަދަ އަބްތޯލުންގެ ހަނދާންތައް އާކުރުމުގެ ގޮތުން ކަަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ހޯމް މިނިސްޓްރީން ބުނީ، ފެތުން ކުރިއަށް ދާނީ މާދަމާ 3:30 އިން 5:30 އަށް ކަމަށެވެ. އަދި ފެތުން ކުރި އަށް ދާ އިރު، ވިލިމާލެ އާއި މާލޭގައި ބޮޑުބެރުގެ ހަރަކާތްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް